ވެރިކަމާއި 65 ގޮޑިއާއި، ދިނުމުން ނުލިބުނު ހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެ: ރޮޒޭނާ

ވެރިކަމާއި 65 ގޮޑިއާއި، ދިނުމުން ނުލިބުނު ހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 08:09
0

ދިވެހި ރައްޔިތުންގެ ބޮޑު އައުލަބިއްޔަތަކު ވެރިކަމާއި، ރައްޔިތުންގެ މަޖިލީހުގެ 65 ގޮޑި އާއިއެކީ ސުޕަ މެޖޯރިޓީ ދިނުމުން ނުލިބުނު ހަމަޖެހުމެއް ކޮންމެ ނިޒާމެއް ގެނައިކަމުގައި ވީނަމަވެސް ނުލިބޭނެކަމަށް ރައްޔިތުން މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާާމަށް ޚާއްސަކޮށްގެން އެމްޑީޕީގެ ހަދާފައިވާ ވަޓްސް އަޕް ގްރޫޕެއްގައި ސިޔާސީ ހަމަޖެހުމާއި، ޤައުމުގެ ހަމަޖެހުން ހޯދުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެއްކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅަކު ދެއްކެވި ވާހަޔަކަށް އެ ގްރޫޕްގައި ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ ސިޔާސީ ގޮތުން ރާއްޖޭގައި ހަމަޖެހުން ޤާއިމް ކުރެވޭނެނަމަ މިހާރު އޮތް ވެރިކަމާއި މަޖިލީހުގެ ތެރެއިން އެކަން ނުކުރެވެންވީ ސަބަބެއް ކަމަށެވެ. ރައްޔިތުން ވަނީ ސަރުކާރާއި، މަޖިލިސް އެއްބަޔަކަށްދީ އެފުރުސަތު ތަނަވަސް ކޮށްދެއްވާފައި ކަމަށެވެ.

ނަމަވެސް މިއަދުވެސް ފެނިގެންދަނީ މިހުރިހާ ބާރެއް ރައްޔިތުން ދިނުމުންވެސް އެކި ބަހަނާ ދައްކައި، ނިޒާމު ގޯސްވެގެން އުޅުއްވާތަން ކަމަށެވެ. ނަމަވެސް މިއީ ނިޒާމުގެ މައްސަލައެއްކަމަށް ގަބޫލުފުޅު ނުކުރެވޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މިހާރު އޮތް ބާރުތަކުގެ ތެރެއިން ނުލިބުނު ހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މި ޤައުމަށް ސިޔާސީ ހަމަޖެހުމެއް ނުލިބޭނެ އެއްކަމެއް ކުރިޔަސް. އެއީ މިހާރު އަޅުގަނޑަށް ޔަގީންވާ ކަމަކީ. ސިޔާސީ ހަމަޖެހުމަކި ވެރިން ބޭނުންވާ އެއްޗެއްނޫން. ވެރިކަމާއި،65 ގޮޑިއާއި، ދިނުމުން ނުލިބުނު ހަމަޖެހުމެއް ދުވަހަކުވެސް ނުލިބޭނެ. މިއީ ނިޒާމުގެ މައްސަލައެއްނޫން. އަޅުގަނޑަށް ހެޔޮ ކޮންމެ ނިޒާމަކަސް.

– ރޮޒޭނާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނައިގެން ކުރައްވާ މަަސައްކަތަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޮޑު ތަނުން ނޫނެކޭ ބުނެފައެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅުން ލިސްޓުގައި ނަންޖެހުމަށް ހުޅުވާލުމުން އެލިސްޓުގައި ނަން ޖެއްސެވީ އެންމެ 23 މެމްބަރެކެވެ. ބާކީ ތިއްބެވި 42 މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅު ހައްދަވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލިސްގެވެސް ގިނަ މެމްބަރުން ތިއްބަވާ މި ގްރޫޕުގައި 142 މެމްބަރުން ތިއްބަވައެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ އޭގެ ތެރެއިންވެސް ފަސްދޮޅަކަށް މެމްބަރުންނެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ވަނީ އަންގަވާފައެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
Bayaku thibegen vahkan kurathee, nuvithaakah MMPRC mahsala nubaathee, vantilator mahsala nubalaathi, maaliyathu comety .olhaalaafa otheema
N Naerm
Tiyabunaa godithakaa verikamakee feyrigenfaahuri echchethi.
B Bulbul
Ingireysivilaathun kiyavaigen ai vakarugey soraa hedhi mulhi mi gaumu halaakuve midhani.