ރައީސްކަން ނުލިބުމުން ފަޔަށް ހިނި އަރައިގެން ބޮޑުވަޒީރަކަށް ވާންއުޅެނީ: މޫސަ

ރައީސްކަން ނުލިބުމުން ފަޔަށް ހިނި އަރައިގެން ބޮޑުވަޒީރަކަށް ވާންއުޅެނީ: މޫސަ

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 10:05
0

އެމްޑީީޕީގެ ރައީސް މުހައްމަދު ނަޝީދު މިވީއެއްވެސް ދުވަހެއްގައި ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތް ނުކޮށް، މިހާރު ކުއްލިއަކަށް އެނިޒާމު ގެންނަން މަސައްކަތް ފަށާފައިވަނީ ވެރިކަމަށް އައުމަށް ކުރި އެއްވެސް މަސައްކަތެއް ނާކާމިޔާބު ނުވުމުންކަމުގައި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު މޫސަ މަޖިލީހުގައި ދެއްކެވި ވާހަތަކެއް އިމްތިޔާޒު ފަހުމީ ހިއްސާ ކުރެއްވުމާއި ގުޅިގެން އެއަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށްވެސް ޕާޓީގެ ވަލީ ކޮމިޓީން ނިނމައިގެން އެވާހަކަ އެންމެ ފުރަތަމަ ދެއްކީވެސް އެމީހުން ކަމަށެވެ. އެދުވަށްފަހު އެމްޑީޕީއަށް ވެރިކަންވެސް ލިބިއްޖެ ކަމަށާއި، އަދި ޚުދު ރައީސް ނަޝީދަށް ވެރިކަން ލިބި ބަރުލަމާނީ ނިޒާމެއް ގެންނަން ނޫޅުއްވައި 2013 ވަނަ އަހަރު ވެރިކަމަށް އައުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން މިއަދު އަނެއްކާ ބަރުލަމާނީ ވެގެން އުޅުއްވާކަމަށެވެ. މިހުރިހާ ވާހަކައެއް ދައްކަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ނޫންމަށާއި، ހުރިހާވެސް އުންމީދަކީ ވެރިކަން ކަމަށް މޫސަ ވިދާޅުވިއެވެ.

ވަލީކޮމެޓީން ތިކަންކުރަން ނިންމައިގެން ތިވާހަކަދެއްކީ އަޅުގަނޑުމެނޭ؟ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގަ އަންނި ތިކަމާ ނޫޅެފަ 2013 ގައިވެސް ރައީސަކަށް ވާންއުޅެފަ މިހާރަކު ފަޔަތް ހިނިއަރައިގެން ބޮޑުވަޒީީރުވާންއުޅޭތީ؟ އަމިއްލައެދުމާހެދި ބޮޑުވަރުތީ.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ދިގު މާޒީގައި މިހާތަނަށް އެޕާޓީއަށް ކުރެވިފައިވާ މުހިންމު ހުރިހާ މަސައްކަތުގެ ބޮޑު ހިއްސާއެއް އޮތްކަމީ ލިބޭ ވަރަށްބޮޑު ފަހުރެއްކަމަށެވެ. އިމްތިޔާޒު ފަހުމީމެން ކޮމިޓީގައި ތިއްބަވައި ވަކި ބަޔަކަށް ވުމުން ޕާޓީން ވަކިކޮށް ހެދިޔަސް ޕާޓީގެ ސަފްހާތަކުން މޫސަމެން ކުރެއްވި ޚިދުމަތް ނުފޮހެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިމެނަށް އެމްޑީޕީ ފިޔަވަޅުއަޅާ ކޮމެޓީގަތިބެގެން އަހަރުމެންޕާޓީން ބޭރުކުރެވިދާނެ އެކަމަކު އަހަރުމެންކުރިކަމަކާ ތި ޕާޓީގެ މާޒީއެއް ނުފޮހެވޭނެ؟

– މޫސަ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނައިގެން ކުރައްވާ މަަސައްކަތަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޮޑު ތަނުން ނޫނެކޭ ވަނީ ބުނެފައެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީ ޕީޖީ ގްރޫޕުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅުން ލިސްޓުގައި ނަންޖެހުމަށް ހުޅުވާލުމުން އެލިސްޓުގައި ނަން ޖެއްސެވީ އެންމެ 23 މެމްބަރެކެވެ. ބާކީ ތިއްބެވި 42 މެމްބަރުން ވަނީ ބަރުލަމާނީ ނިޒާމާއި ދެކޮޅު ހައްދަވާފައެވެ. އެމްޑީޕީގެ ޤައުމީ މަޖިލިސްގެވެސް ގިނަ މެމްބަރުން ތިއްބަވާ މި ގްރޫޕުގައި 142 މެމްބަރުން ތިއްބަވައެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވީ އޭގެ ތެރެއިންވެސް ފަސްދޮޅަކަށް މެމްބަރުންނެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
furatham balanvee MMPRC list ga nan oiytho mihaaru ehmeginain halhey lavanee MMPRC list ga nan oiy meehunr
N Nizar
Saabahey Moosaa baraabaru moosage khidhumaiy MDP akun nufoheveyne.