އިބްރާގެ ހޫނު ރައްދެއް އަލީ ހުސެއިންއާއި، އިންތިއަށް

އިބްރާގެ ހޫނު ރައްދެއް އަލީ ހުސެއިންއާއި، އިންތިއަށް

Author
މުޙައްމަދު ޝަޒައިމް
24 އޭޕްރިލް 2021 06:38
0

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރުމާއި ގުޅިގެން އިންތިއާއި، އަލީ ހުސެއިން ދެއްކެވި ވާހަތަކަށް އިބްރާ ރައްދު ދެއްވައިފިއެވެ.

އިބްރާ ވިދާޅުވީ މަޖިލިސް ތެރޭގައާއި، މަޖިލިސް ކޮމިޓީތަކުގައި މެމްބަރުން ކުރައްވަންޖެހޭ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ނުކުރައްވައި މަޑު ޖައްސާލުމަށްފަހު އިންސާފުގެ ވާހަކަ ދައްކަމުންދާކަމަށެވެ. އެގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މަދަނީ އިޖުރާތު ބިލު ތާށިކޮށް ކޮމިޓީން އެބިލުގެމަސައްކަތް ނުކުރާކަމީ އެކަމުން އެހެން މީހުންގެ ހައްގުތައް ހިފެހެއްޓެންވީ ސަބަބެއްނޫންކަމަށެވެ.

2020 ފެބުރުއަރީ އިން ފެށިގެން މަދަނީ އިޖުރާތު ބިލު މަޖިލިސް ކޮމިޓީގައި ތާށިކޮށްފައި އިމްތިޔާޒު ފަހުމީއާއި، އަލީ ހުސެއިން މެން އެ ކޮމިޓީއިން ބިލް ނިންމަބަލަ. މަޖިލީހުގެ މަސައްކަތް ނުކޮށް ތިބުމަކީ އެހެން މީހުންގެ ހައްގުތައް ހިފަހައްޓަން އޮތް ސަބަބެއްނޫން. އިންސާފޭ ކިޔައިގެން ޕޯޑިޔަމްގައި ވާހަކަ ދެއްކިދާނެ.

– އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ2008 އިން ފެށިގެން މަޖިލިސްގައި ނުހަދާ ހުރި އާންމު ރައްޔިތުންނާއި ގުޅުންހުރި މުހިންމު ޤާނޫނުތައް މި މިޖިލިސްގައިވެސް ތާށިވެފައި ހުރުމަކީ އެންމެބޮޑު ކަންބޮޑުވުންކަމަށެވެ. މިއަދު ކޮމިޓީ މަރުހަލާގައި މިފަދަ ބިލްތަކުގެ މަސައްކަތް އަވަސްކޮށް ނިންމިނަމަ އެހެން މީހުންނަށް ވަގަން ނުގޮވައި މަޑުމަޑުން ތިބެވުނީސްކަމަށް އިބްރާ ވިދާޅުވިއެވެ.

މި ޤާނޫނުތައް މިއީ 2008 އިން ފެށިގެން 3 މަޖިލިސް އާއިރު ނުހަދާ ހުރި ޤާނޫނު. މި ޤާނޫނުތައް ހުރިނަމަ ކޯޓުތަކުގައި މަސައްކަތް އަވަސްވެފައި، ހާމަކަން ބޮޑުވެފައި، އިންސާފު ޤާއިމްކުރަން ފަހިވާނެ. މިކަންކަން ނުކޮށްތިބެ، އެހެން މީހުނަށް ވަގަށް ގޮވައި، އިންސާފުގައި މިއަތްއަޅަނީ.

– އިބްރާ ވިދާޅުވިއެވެ.

މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ގައި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފަ އެވެ. އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދުތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
ހަމަ ތިބެފަ ލިސްޓެއްގަ ނާށިން އުނދުޅިއެއް ހަދަން ވެގެން ދިޔަ 20 މިލިޔަން ރުފިޔާ އޭ ބުނީމާ 20 މިލިޔަން. ކޮން ހަމައެއް...އަނެއްކާވެސް ގާޒީ ހައްޔަރު ކުރަންވީ.
ހ ހުދުހުދު
އެ ޢަދަދަށް އެފައިސާ ޚަރަދު ހިނގި ގޮތުގެ ތަފުސީލު ހާމަ ކުރައްވާ.