ކޮމިއުނިޓީ ސްޕްރެޑެއް އޮތް އއ.މަތިވެރިން ކޯވިޑް-19 އަށް އިތުރު 45 މީހަކު ޕޮޒިޓިވްވި، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.
މަތިވެރީގައި ބަލި ފަތުރެމުންދާކަމަށް ބެލެވެނީ އިންޑިޔާ އިން އެރަށް ދިޔަ އިންޑިޔާ މީހުން ކަރަންޓީންނުވެ ރަށުތެރޭގައި އުޅުމުންކަމަށް ބެލެވެއެވެ. އެމީހުން އެރަށަށް ގޮސްފައިވަނީ ޓުވަރިސްޓް ވިސާގައެވެ. ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.
އެރަށުން ދަނީ ކޮންމެ ދުވަހަކުވެސް ބަލީގެ އަލާމާތް ހުންނަ މީހުންގެ ސާމްޕަލް ނަގަމުންނެވެ. މިހާތަނަށް ނެގި ސާމްޕަލް ތަކުގެ ތެރެއިން 82 މީހަކު ޕޮޒިޓިވް ވެފައިވާއިރު. ނަތީޖާ ނުލިބި މިހާރުވެސް 79 ސާމްޕަލެއް ވެއެވެ. މިހާތަނަށް މަތިވެރިން ވަނީ ޖުމްލަ 240 ސާމްޕަލް ނަގާފައެވެ.

މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައިވާތީ އެރަށް މިހާރުވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. އަދި ރަށުގައި މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށްވަނީ އަންގާފައެވެ.
ކޮމެންޓު ފޮނުވާ