އެމްއެމްޕީއާރުސީ މައްސަލާގައި އޮތީ ބަނީއިސްރާއިލް ބާގައިގެ އިންސާފު: ޝަހީމް

އެމްއެމްޕީއާރުސީ މައްސަލާގައި އޮތީ ބަނީއިސްރާއިލް ބާގައިގެ އިންސާފު: ޝަހީމް

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 04:28
0

ރާއްޖޭގައި މިއަދު އޮތީ ބަނީ އިސްރާއީލް ބާގައިގެ މީހުން އަދުލު އިންސާގު ޤާއިމްކުރާ ގޮތަށް އިންސާފު ގާއިމްކުރާ އުސޫލެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ކޯޓުތަކުން ހުކުމް ކުރާ ގޮތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޑރ.ޝަހީމް ވިދާޅުވީ ދައުލަތުގެ މާލިއްޔާއިން ގިނަ އަދަދަކަށް ފައިސާނަގައި އެކަން ކުރި މީހުން އެފައިސާގައި މުޅި ދުނިޔޭގައި އުދުހެމުންދާއިރު، މިކަމުގައި އަދަބު ލިބިގެންދަނީ ކުރީގެ ރައީސް ޔާމީނަށް އެކަނި ކަމުގައެވެ. މިމައްސަލާގައި ރައީސް ޔާމީނަށް ތުހުމުތަކު ކުރެވޭ ހުރިހާ ފައިސާއެއް މިހާރުވެސް ދައުލަތުގެ އެކައުންޓުގައި ހުރިއިރު އަދަބެސް ލިބިގެންދަނީ އެމަނިކުފާނަށް ކަމަށެވެ. މިފަދަ އިންސާފުތަކަކީ ބަނީ އިސްރާއީލް ބާގައިގެ މީހުން އަދުލު އިންސާގު ޤާއިމްކުރާ ގޮތަށް ލިބިދޭ އިންސާފުކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ތީ ވަރަށް ރަނގަޅު ވާހަކަފުޅެއް. އެމްއެމްޕީއާރުސީގެ ލާރި ނެގި ބޮޑުން ގޭގައި. އެމްއެމްޕީއާރުސީ ލާރި ބޭނުންކުރި 260 މީހުން އެ ފައިސާގައި އުނދުހެނީ. ރައީސް ޔާމީން ނެގި ކަމަށް ބުނާ ލާރި އެހުރިީ ދައުލަތުގެ އެކައުންޓުގައި. އެކަމަކު ޖަލަށްލީ ރައީސް ޔާމީން. މިއީ ބަނީ އިސްރާއީލް ބާގައިގެ މީހުން އަދުލު އިންސާގު ޤާއިމްކުރާ ގޮތް.

– ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީދު ކުރެއްވި ޓްވީޓަކީ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި 15 މިލިޔަން ރުފިޔާ ދިނުމަށް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެކެވެ. ޝަހީދު ވިދާޅުވީ މިފަދަ ކަންކަމުން ބޮޑުންނަށް އަދިވެސް މޮޅުގޮތް ނިކަމެތިންނަށް ނިކަތިގޮތް އޮތް މިންވަރު ހާމަވާކަމަށެވެ. ޝަހީދު ވަނީ ރާއްޖޭގެ ތާރީހުގައި ކޯޓުތަކުން ހުކުމް ކުރި ކަމަކަށް އިޝާރާތް ކުރައްވައި މިސާލެއްވެސް ނަންގަވާފައެވެ.

އޭގެތެރެއިން ބޮޑަށް ތިބި މީހުންނަށް ނަސޭހަތްދީ ގެޔަށް ފޮނުވާލީ. ދަރަނިތިބި މީހުންގެ ގައިގައި ތަޅާފަ އަރުވާލީ. މިއީ މީގެ 100 އަހަރު ކުރިން ރާއްޖޭގެ ކޯޓަކުން ބަޣާވާތަކާއި ގުޅިގެން ކަންކުރިގޮތް. އަދިވެސް މި އުސޫލު ބަދަލެއްނުވޭ! ބޮޑުންނަށް ބޮޑު ބަދަލު، ނިކަމެތިންނަށް ސުމެއް.

– ޑރ.ޝަހީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދަރުމަ
މުޅިއަކުން ރަނގަޅެއްނޫން ޔާމީން ނެގިފައިސާގެ އަދަދަށް އިތުރުކުރަންވީ ކިތައް ސުން ކަން އަދި ކަށަވަރުނުވޭ. މިހެނީ، ގުނާ އަދަދު ނުކުރެވޭހާލާރި ވަންގޮތް އެކަނިއެނގޭލާރި ހައްދެއްނެތި ކެމްޕޭނަށް ވިޔަވެސްޖެހުމަކާނުލާ އަދީބުއާއި ހަވާލުކުރާ މީހާއަށް ހުންނާނީ ކެވިފަތާ.ނަގަންބޭނުންވާވަރަށް ނެގިފަ.
ޓ ޓިނު
2013 _2018 ah hingi insaafu ge vaahaka tho.