މާލެ ސިޓީ ކައުންސިލުގެ މޭޔަރު ސިފާ މުހައްމަދު އިސްވެ ހުންވައިގެން ޤާނޫނީ އިމުން ބޭރުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އޯކޭ ކަމުގައި ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން ވިދާޅުވެއްޖެއެވެ.
ތިމާގެ އަނބިފިރިންނަށް ވަލުދޮރާށިން ވަޒީރުކަން ބަހައިދޭން އެދޭ މީހުންނާއި، ބަންދު ކޮޓަރިއެއް ތެރެއިން ފަޅުރަށްތައް ބަހާހުސްކޮށްލަން އެދޭ މީހުންނާއި، ބޮޑެތި ނުހައްޤު އަދަދުތަކުން ބަދަލުގެ ނަމުގައި ދައުލަތުން ފައިސާ ނަގަން އެދޭ މީހުން، މިހާރު މިއޮތް ނިޒާމު ބަދަލުވާކަށް ނޭދޭނެ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ފަޒީން ވިދާޅުވީ ތިމާ ރުހޭ މީހަކު ޤާނީނީ އިމުން ބޭރުން ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް ކަންތައްތަކެއް ކުރިޔަސް އެކަން އޯކޭ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގައި 2019 ވަނަ އަހަރު ކުއްލި ޖަލްސާއަކުން ޤާނޫނީ އިމުން ބޭރުން ބާއްވައި ޕްރެކްޓަކާއި، ސަޕްލިމަންޓްރީ ބަޖެޓެއް ކައުންސިލް ގިނަ މެމްބަރުންނަށް އެގުމަކާއިވެސް ނުލައި އެންމެ ތިން މިނިސްޓްރ ތެރޭގައި ނިންމާލި މައްސަލަ ރައީސް ނަޝީދަށް ހުށަހެޅުުން އެއީ އެއްވެސް މައްސަލައަކަށް ނަޝީދަށް ނުވިކަމަށް ފަޒީން ވިދާޅުވިއެވެ.
ޤާނޫނުގެ ބާރު ކަނޑުވާލައި ޤާނާއި ޚިލާފަށް ޖަލްސާއެއް ބާއްވާ 3 މިނިޓް 31 ސިކުންތުން ޕްރޮޖެކްޓަކާއި ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކޮށްލީމަ، މައްސަލަ މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައިން. ސާފުކޮށް އެނގުނީ ތިމާ ހިތްޕުޅާވާ މީހަކު ޤާނުގެ ބާރު ކަނޑުވާލިޔަސް ވައްކަން ކުރިޔަސް އޯކޭ ކަން.
– ފަޒީން ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރުމަށް މަސައްކަތްކުރި މިކަންކަމާއި ގުޅިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ފަޒީން ނަޝީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެރޭގެ ވަގުތެއްގައި ތާވަލްކޮށް ޖެހިގެން އައިދުވަހުގެ ހެނދުނު އެޖެންޑާފޮނުވާ އެދުވަހުގެ މެންދުރު 13:00 ގައި ބޭއްވުމަށް ޝެޑިއުލްކުރި މާލޭސިޓީ ކައުންސިލްގެ 21 ވަނަ ކުއްލި ޖަލްސާ ވަނީ 13:15 ވީއިރުވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ކޮއްފަިކަމަށެވެ.
ވަގުތު ހަމަވީއިރުގައި ޖަލްސާއަށް ވަޑައިގަތީ މޭޔަރު ޝިފާ މުޙައްމަދު، ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް، ކައުންސިލަރ ޝާހީން މަހުމޫދު އަދި ކައުންސިލަރ ހަމްނާ ވަހީދު އެކަނިކަމަށެވެ. މިޖަލްސާ ކެންސަލްވުމުން ދެން އަލުން ކުއްލިޖަލްސާއެއް ބޭއްވޭނީ ކައުންސިލް މެންބަރުންނަށް އެންގެވުމަށްފަހު، 22 ވަނަ ކުއްލި ޖަލްސާ ކަމަށާއި، ނަމަވެސް ކައުންސިލަރ މުޙައްމަދު ފަޒީން، ކައުންސިލަރ އަޙްމަދު ޒަމީރު، ކައުންސިލަރ އަޙްމަދު ނިޔާޒް، ކައުންސިލަރ ހުސައިން ޝަރީފް އަދި ކައުންސިލަރ އަޒްރާ މޫސާ އަށް އެންގެވުމަކާއި ނުލާ އިތުރު 03 މެމްބަރަކަށް ގުޅައިގެން ގެންގޮސް 21 ވަނަ ކުއްލި ޖަލްސާގެ ނަމުގައި އަލުން ހަމަ އެދުވަހު 14:00 ގައި ޖަލްސާއެއް ބާއްވާ ކަންތައްތަކެއް ނިންމަވާފައިވާކަމަށެވެ. ފަޒީވަނީ އެސިޓީއާއިއެކު އެދުވަހު ތިން އެއްތިރީސް ސިކުންތުން ނިންމި ކަންކަން ރައީސް ނަޝީދާއި ހިއްސާ ކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު އެކަމަށް އެއްވެސް ސަމާލުކަމެއް ދެއްވާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ