ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި 24 އަހަރު މީހަކު ހައްރުކޮށްފި

ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި 24 އަހަރު މީހަކު ހައްރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 11:45
0

އުމުރުން އެންމެ ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ދެންމެ ބުނެފައިވަނީ ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި 24 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 20:55 ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭތީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަށް އެމައްސލަ ހުށަހެޅުމާ ގުޅިގެން ބަލަންފަށާފައިވާކަން އިއްޔެ ވަނީ ހާމަކޮށްފައެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަންދޭކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް މިހާރު ޑޮކްޓަރަށް ދައްކާފައިވާކަމަށާއި، އެކުއްޖާއަށް ނަފުސާނީ ގޮތުން އަސަރު ކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދައްކައި، ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލައާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހެދުމުގެ ކަންކަން މިހާރު ކުރަމުން އަންނަކަމަށެވެ.

ފުލުހުން ވަނީ، ކުޑަކުދިންނާ މެދު ހިންގާ އެކި ކަހަލަ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ތަހުގީގު ކުރާތީ، އެ ކަހަލަ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ލަސްނުކޮށް އެންގުމަށް އެދިފައެވެ. އެގޮތުން ހިލޭ ގުޅޭނެ ނަމްބަރު 3000600 އަށް އެފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ފުލުހުން އެދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.