އަބީޝެކާއި އައިޝްވަރިއާ ގުޅުވައިދިނުމުގައި ކަނދުފައްޗަކީ ބޮބީ!

އަބީޝެކާއި އައިޝްވަރިއާ ގުޅުވައިދިނުމުގައި ކަނދުފައްޗަކީ ބޮބީ!

އަބީޝެކް ބައްޗަން އާއި އައިޝްވަަރިއާ ރާއީ ވަނީ އެ ދެމީހުންގެ ކައިވެންޏަށް 14 އަހަރު ފުރުން މި މަހުގެ 20 ވަނަ ދުވަހު ފާހަގަ ކޮށްފަ އެވެ. މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2007 ވަނަ އަހަރު އެވެ.

އެހެންނަމަވެސް އައިޝްވަަރިއާ އާއި އަބީޝެކް ރައްޓެހިވެފައިވަނީ 1997 ގައެވެ. އޭރު އަބީޝޭކް މަސައްކަތް ކުރަމުން ދިޔައީ ޕްރޮޑަކްޝަން ބޯއީއެއްގެ ގޮތުގައެވެ.

ޔޫޓިއުބަރ ރަންވީރާއެކުގައި ކުރިއަށް ދިޔަ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން އަބީޝެކް ބުނެފައިވަނީ އެދެމީހުން އެންމެ ފުރަތަމަ ދިމާވީ ބޮބީ ޑިއޯލް މެދުވެރިވެގެން ސްވިޒަލޭންޑުން ކަމަށެވެ. އެގޮތުން އޭރު ބޮބީ އާއި އައިޝްވަރިއާ މަސައްކަތް ކުރަމުން ދިޔައީ ބޮބީގެ ފުރަތަމަ ފިލްމު "އޯރް ޕިޔާރް ހޯގަޔާ"އަށެވެ. އޭރުވެސް އައިޝްވަރިއާއާ ކްރަޝްއެއް އޮތްތޯ އެހުމުން އަބީޝޭކް ބުނެފައިވަނީ "އައިޝްވަރިއަށް ލައިކް ނުވަނީ ކާކު ހެއްޔެވެ؟" މިހެންނެވެ.

ކައިވެންޏަށް 14 އަހަރު ފުރުނު ދުވަހުގައި ދެމީހުންވެސް ތިބީ ދުރުގައެވެ. އަބީޝޭކް ލަކްނޯގައި ޝޫޓިންއެއްގައި އުޅުމުގެ ސަބަބުންނެވެ. އެހެންނަމަ ވެސް މި ދެމީހުންވަނި ދުވަހުގެ ބޮޑުބައި ވީޑިއޯ ކޯލް މެދުވެރިކޮށް އެކުގައި ހޭދަކޮށްފަ އެވެ. މި ވީޑިއޯ ކޯލުގެ ސްކްރީންޝޮޓެއް އައިޝްވާރިއާވަނީ އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

މި ދެމަފިރިންވަނީ އެކުގައި ވެސް ބައެއް ފިލްމުތައް ކުޅެފައެވެ. އޭގެ ތެރޭގައި "ދައި އަކްސަރް ޕްރެމް ކީ"، "ދޫމް 2″، "ސަރްކާރް ރާޖް"، "އުމްރާއޯ ޖާން" ހިމެނެއެވެ. މި ދެމަފިރިންނަށް ވަނީ 2011 ވަނަ އަހަރުގައި އަންހެން ކުއްޖެއް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *