އައްޑޫ ސިޓީ ކައުންސިލްގެ އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލްގެ އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
23 އޭޕްރިލް 2021 11:00
0

ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް އިންތިޚާބުވި އަލީ ނިޒާރާއާއިއެކު އެސީޓީގެ މިހާރުގެ ކައުންސިލުން ބައްދަލުކޮށް އިންތިޤާލީ މަރުޙަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ އައްޑޫ ސިޓީ ކައުންސިލް އިންދާރާގައި އޮތް މިބައްދަލުވުމުގައި އިންތިޚާބީ މޭޔަރަރު އަލީ ނިޒާރަށް ކައުންސިލް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ކައުންސިލުގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒިފުންވެސް ވަނީ އިންތިޚާބީ މޭޔަރާއި ބައްދަލު ކުރައްވައި އެކި ކަންކަމުގައި މަޝްވަރާ ކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ދުރާލައި އާކައުންސިލާއި މަސައްކަތްތައް ހަވާލު ކުރުމުގެ ކުރިން އިންތިޤާލީ މަރުހަލާގައި ކަންކަން ކުރިއަށް ގެންދާނެ ގޮތާއި، އަދި އެކުވެރި ރޫހެއްގައި މިކަން ކުރިއަށް ގެންދިއުމަށް ވަނީ މަޝްވަރާ ކޮށްފައެވެ. މިހާރުގެ އައްޑޫ މޭޔަރު ޞާދިގަކީ ޕްރައިމަރީގައި އަލީ ނިޒާރާއި ވާދަކުރެއްވި ކެނޑިޑޭޓެވެ. ނަމަވެސް އިންތިޚާބުން ނާކާމިޔާބު ވުމުންވެސް ޞާދިގުވަނީ އަލީ ނިޒާރަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އެންމެ ބުރަކަށް މަސައްކަތް ކުރެއްވި އެއްބުޅާއެވެ.

އައްޑޫ ސިޓީއަކީ ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާ އަދި ކުރިއަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ސިޓީއެކެވެ. މިމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލްގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ޞާލިހުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.