ފުލުހުންގެ މުއައްސަސާގައި ހަރުދާ ކުރުމުގެ ވާހަކަ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަތަކަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަލާމު ރައްދު ދެއްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި މައްސަލައިގައި މުޖުތަމައުގެ އަމާންކަން އޮތް މިނަވްރާއި ގުޅޭގޮތުން މަލީހު ކުރެއްވި ޓްވީޓަށް ނިހާދު ރައްދު ދެއްވަމުން ވިދާޅުވީ ފުލުހުންގެ މުއައްއަސާގެ އިތުބާރު ގެއްލުވާލައި މުއައްސަސާ ފެއިލް ކޮށްލާފައިވަނީ މަލީހު ނިސްބަތްވާ ސަރުކާރުތަކުންކަމަށެވެ.
މަނިކުފާނު ބައިވެރިވާ ސަރުކާރުތަކުން ފެއިލް ކޮށްލާފައި އޮތް މުއައްސަސާއެއް ފުލުހުންގެ މުއައްސަސާއަކީ! އަޅުގަނޑުމެން މިދަނީ އެ މުއައްސަސާ އަކީ ޤާނޫނީ ޒިންމާ އަދާކުރުމަށް ފަސް ނުޖެހޭ އަދި ތަފާތު ކުރުން ނުގެނގުޅޭ އިތުބާރު ކުރެވޭ މުއައްސަސާއަކަށް ހަދަން މަސައްކަތް ކުރަމުން. ކާމިޔާބުވެސް ވާނެ.
ނިހާދު ވިދާޅުވިއެވެ.
ނިހާދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސުޕަމެޖޯރިޓީ ދިނުމުން ކަންކަން ކުރަމުންދަނީ ހިތު ހުރި ގޮތަކަށް ކަމަށެވެ. މަޖާކޮށް ނަށައި ހެދުމާއި، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހުން ފުލުހުންގެ މުވައްސަސާއަށް ލުމަކީ ވަރަށް ހިތާމަކުރި ކަމެއްކަމަށެވެ. އަދި އެކަމުން މުއައްސަސާއަށް ލިބޭނެ ކުރިއެރުމެއް ނެތްކަމަށް މަލީހު ވިދާޅުވިއެވެ.
ބޭފުޅާ އަނގަފުޅާކޮށްފަ ވާހަކަ ނުދައްކާ. ވެރިކަމާ ,65 ގޮނޑިއާ ހުރިހާ ބާރެއްދިނީމަ ކޮފިން ޑާންސްކޮށްލަކޮށްލާ ތިތިއްބަވަނީ. ހޮނޑާދޫ ރައްޔިތުން ޕޮލިސް ބޯޑްގަ.
މަލީހު ވިދާޅުވިއެވެ.
ފުލުހުންގެ ބޯޑަށް އައްޔަން ކުރައްވާފައިވާ ހާމިދަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ހދ.ހޮނޑައިދޫން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ފުލުހުންނަށް ކުޑަކަމުދާ ތަކެތި ނުދިނުމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.
ކޮމެންޓު ފޮނުވާ