ހިޔާ ފްލެޓްގެ ގުރުއަތުލުން އާދީއްތަ ދުވަހު އަލުން ފަށަނީ

ހިޔާ ފްލެޓްގެ ގުރުއަތުލުން އާދީއްތަ ދުވަހު އަލުން ފަށަނީ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 09:53
0

ހިޔާ ފްލެޓްތަކުގެ ޤުރުއަތުލުން އަންނަ އާދީއްތަދުވަހު އަލުން ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

މިއީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބެނީ ކޮން ފްލެޓް ޔުނިޓްތަކެއްތޯ ކަނޑައެޅުމަށް ބާއްވާ ޤުރުއަތުލުމެކެވެ. ފްލެޓްތަކުގެ ގުރުއަތުލުން މެދުކެނޑުމަކަށްފަހު އަލުން ފަށާއިރު، ގުރުއަތުލުން ފުރަތަމަ ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ އެޗް-10 ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މިހުންގެ ކެޓަގަރީން ފްލެޓް ލިބުނު 188 ފަރާތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.

އާދީއްޔަދުވަހު ގުރުއަތުލުން އަލުން ފަށާއިރު، އެގޮތުން، 25 އޭޕްރީލް ވާ އާދީއްތަ ދުވަހު ޤުރުއަތުލުމަށް ކަނޑައަޅާފައިވާ ކެޓެގަރީތަކަކީ:
– އެޗް-4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޙާއްޞަ ކެޓަގަރީ)
– އެޗް-5 (ޓީޗަރުންނަށް ޙާއްޞަ ކެޓަގަރީ)
– އެޗް-6 (އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޙާއްޞަ ކެޓަގަރީ)
– އެޗް-7 (18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީ)
– އެޗް-8 (މާލޭ ރައްވެހިންނަށް ޙާއްޞަ ކެޓަގަރީ)
– އެޗް-9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީ)
– ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްޞަ (ފަންނީ، އިދާރީ، ސަޕޯރޓްގެ ކެޓަގަރީ)

މި ކެޓަގަރީތަކުގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން ހިޔާ މަޝްރޫޢުގެ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓް ޚިޔާރުކޮށްފައިވާ ފަރާތްތަކުގެ ޤުރުއަތުލުންވެސް ކުރިއަށްދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ދެ ދަންފަޅިއަކަށް ޤުރުއަތުލުން ކުރިޔަށް ގެންދާނެކަމަށެވެ. އެގޮތުން، ފުރަތަމަ ދަންފަޅީގެ ޤުރުއަތުލުން އޮންނާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށެވެ. ދެވަނަ ދަންވަޅީގެ ޤުރުއަތުލުން ބާއްވާނީ މެންދުރު 13:00 އިން ފެށިގެން ހަވީރު 15:00 އާއި ހަމައަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.