ވެކްސިން ދެޑޯޒް ޖެހި މީހުންގެ ޢަދަދު 62،000 އިން މައްޗަށް

ވެކްސިން ދެޑޯޒް ޖެހި މީހުންގެ ޢަދަދު 62،000 އިން މައްޗަށް

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 06:56
0

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މިހާތަނަށް ރާއްޖެއިން 62،000 އަށް ވުރެ ގިނަމީހުން ފުރިހަމަކޮށްފިއެވެ. އަދި މިހާތަނަށް 287،000 ގިނަ މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެ ދިޔަ 24 ގަޑިއިރުގެތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒް 5،769 މީހުންވަނީ ޖަހާފައެވެ. މީގެތެރޭގައި މާލެ ސަރަޙައްދުގައި 2،957 މީހުން ވެކްސިންޖަހާފައިވާއިރު 2،812 މީހުންވަނީ އަތޮޅުތެރެއިން ވެކްސިންޖަހާފައެވެ.

މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ވަނީ 62،586 އަށް އަރާފައެވެ. ވޭތިވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް 1،609 މީހުންވަނީ ޖަހާފައެވެ. މީގެތެރޭގައި މާލެ ސަރަޙައްދުން ވެކްސިންޖެހީ 352 މީހުންނެވެ. އަދި އަތޮޅުތެރެއިން 1،257 މީހުންވަނީ ވެކްސިންޖަހާފައެވެ. މިއާއެކު ވެކްސިންގެ ފުރަތަމ ޑޯޒް ޖެހިމީހުންގެ ޢަދަދު 287،171 އަށްވަނީ އަރާފައެވެ.

މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މިތަންތަނުން ވެކްސިން ޖެހުމުގެ އިންތިޒާމު ކޮންމެ ހުކުރުދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00އިން ފެށިގެން 11:45 އަކާ ދެމެދު ކުރިއަށްދެއެވެ.

ކިޔުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރުވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިންޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.