ޖިންސީ ފުރައްސާރައިގެ ތުހުމަތުން އިކުރާމް ސަލާމަތް ވެއްޖެ

ޖިންސީ ފުރައްސާރައިގެ ތުހުމަތުން އިކުރާމް ސަލާމަތް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 01:22
0

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ފުލުހުން އެ މައްސަލަ ފައިލްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މޯލްޑިވް ގޭސް ކުންފުނީގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް އިކްރަމް، ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރިއިރު، އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތްތަކުގައި ކަން ހިންގާފައިވާ ގޮތަށް ބެލިއިރު، ޖިންސީ ފުރައްސާރަކުރި ކަމަށް ބެލެވެން ނެތް ކަމަށެވެ.

މައްސަލަ ހުށަހެޅި ސަބަބުތަކާއި ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ބަލައި، އެއީ ޖިނާއީ ދައުވާކުރުމަށް އިތުރަށް ތަހުގީގު ކުރިއަށް ގެންދަންޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތު ކުރެވޭތީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. މޯލްޑިވްސް ގޭސް ލިމިޓެޑްގެ ބޯޑުން އެންމެ ފުރަތަމަ އިކްރާމް ސަސްޕެންޑް ކުރީ ދެ ހަފުތާ ދުވަހުގެ މުއްދަތަކަށެވެ. އިކްރާމްގެ މައްސަލަ ބޯޑަށް ހުށަހަޅާފައި ވާއިރު އެ މައްސަލައިގެ ހެއްކެއްގެ ގޮތުން އަންހެން މުވައްޒަފަށް އޭނާ ފޮނުއްވި ބައެއް މެސެޖްތައް ވެސް ވަނީ ހުށަހަޅާފައެވެ؛.

އަދި އިކްރާމްގެ ޖިންސީ ފުރައްސާރަ އާއި ގުޅުން ހުރި ޗެޓްލޮގްތަކެއް ވަނީ ލީކުވެފައެވެ.

މީސްމީޑިއާގައި ދައުރުވި ޗެޓްލޮގްތަކުން އޭނާ އެ އަންހެން މީހާ އާއި ބައްދަލުކޮށް 'ހަގް' އެއް ކޮށްލުމަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އެއީ އަންހެން މީހާ ނުދިނަސް އޭނާ އެންމެ ބޭނުންވާ ކަން ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.