ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު މިރޭ މާލޭގެ މަގުތަކުގައި ބޭއްވުމަށް މަސައްކަތްކުރި މުޒާހަރާއަށް ފުލުހުން ޖާގަ ނުދިނުމުން މާދަމާ އިރުއޮއްސި ހަޔެއް ޖަހާއިރަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް މުހުލަތުދީ މުޒާހަރާ މިރެއަށް ނިންމާލައިފިއެވެ.
މުޒާހަރާގެ ބައިވެރިންނަށް މަގުތަކަށް ނުނިކުމެވޭނެހެން ފުލުހުންވަނީ ޕީޕީއެމް އޮފީސް ސަރަހައްދު ހިމެނޭ ބޮޑު ތަކުރުފާނު މަގުގެ ދެކޮޅުގައި ޝީލްޑާއިއެކު ސަފުއަތުރާލާފައެވެ. އަދި އެސަރަހައްދަށް ވަދެވެން އޮންނަ ހުރިހާ މަގެއްވެސް ފުލުހުން ވަނީ ބަންދުކޮށްފައެވެ.
މުޒާހަރާއަށް މަގުތަކަށް ނިކުތުމަށް އިދިކޮޅު ބައިވެރިން މަަސއްކަތް ކުރިނަމަވެސް ފުލުހުން އެޖާގަ ދީފައިނުވެއެވެ. އަދި ވަނީ މިރޭ އިހުތިޖާޖުގެ ބައިވެރިން ރައީސް ޔާމީންގެ މޫނު ސިފަކޮށްދޭ މާސްކު އަޅައިގެން ތިބުމުން އެމާސްތައް ނެގުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ. މިރޭގެ އިހުތިޖާޖާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.
ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން މަގުތަކަށް ނިކުނަން ޖެހުނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދާތީ ކަންބޮޑުވެގެން ކެތްނުކުރެވިގެން ކަމަށެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ރައީސް ޔާމީންގެ މޫނުފުޅު ސިފަވާ މާސްކު އަޅައިގެން ތިބީ އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަންކޮށް އެމަނިކުފާނުގެ ހަނދާން އައުކުރުމުގެ ގޮތުން ކަމަށެވެ.
ކޮމެންޓު ފޮނުވާ