ރައީސް ޔާމީނާއި ގުޅޭގޮތުން ސަރުކާރުން ދައްކާވާހަކަތަކަށް ދެން ބެލޭކަށް ނެތް: އާދަމް ޝަރީފް

ރައީސް ޔާމީނާއި ގުޅޭގޮތުން ސަރުކާރުން ދައްކާވާހަކަތަކަށް ދެން ބެލޭކަށް ނެތް: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2021 10:22
0

ރައީސް ޔާމީނަށް ލުއި ގޮތްތަކެއް ދެއްވާނެކަމަށްބުނެ ސަރުކާާރުން ދައްކާ ވާހަތަކަށް ދެން ބެލޭކަށް ނެތް ކަމުގައި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލަށް ލައިގެން 500 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާތީ އެކަމާއި ދެކޮޅަށް ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އިހުތިޖާޖުގައި ވާހަކަފޔޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، އެމަނިކުފާނަށް މި ރޯދަމަހުގައިވެސް ލުއި ގޮތްތަކެއް ފަހިކޮށްދެއްވާނެކަމަށް ސަރުކާރުން ވިދާޅުވެ އެކި ވާހަތައް ދެއްކެވި ކަމަށެވެ. ނަމަވެސް ފެނިގެންދަނީ ވެރިކަން ކުރައްވާ އުސޫލުން އެއްވެސް ކަމެއްގައި އިހުލާސްތެރިކަމެއްނެތި ރައްޔިތުންނަށް އިތުރަށް އަނިޔާވެރި ވަމުންދާތަންކަމަށެވެ.

ސަރުކާރުގެ އަމަލުތަކުން މި ރަމަޞާން މަހުގައިވެސް ފެނިގެންދަނީ ޖައްބާރުކަމާއި، އަނިޔާވެރިކަން އިންތިހާއަށް އޮތްތަންކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީޏް އަކީ މިޤައުމަށް އެތައް ގޮތަކުން ޚިދުމަތް ކޮށްދެއްވި ޤައުމު އެބޭފުޅަކަށްޓަކައި އަބަދުވެސް ފަހުރުވެރިވާނެ ބޭފުޅަކަށްވާއިރު ނުހައްގުން ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަކީ ބަލައި ގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްދުވަހުން އަނެއް ދުވަހަށް ފެނިގެންދަނީ ރައްޔިތުންނަށާއި، ދިވެހި ޤައުމަށް ޚިޔާނާތްވެ އަނިޔާވެރިވަމުންދާކަމަށެވެ. އެގޮތުން މިހާރު މަަސައްކަތް ކުރައްވަނީ އުމުރުން ދުވަސްވީ މީހުންނަށްދޭ ޕެންޝަންވެސް ކަޑާލައި އެމީހުންގެ އިނާޔަތްކޮޅުވެސް ސަރުކާރަށް ނެގުމަށްކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ މިކަންކަން ބަލަން ރައްޔިތުން ވަރަށް ދުވަހު ތިބެފި ކަމަށާއި، ދެން ސަރުކާރުން ދައްކާހާ ވާހަކަތަކަކަށް ރައްޔިތުން އާބަސް ނުބުނާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުންގެ ސިޓީއެެއް ލިބިފައިވާކަމަށެވެ. އެ ސިޓީގައި އެމަނިކުފާނުގެ ޞިއްޚި ހާލަތު ހުރިގޮތުން ރަމަޟާންމަހުގެ ގެއަށް ބަދަލުކުރުމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރައްވަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.