އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލަނީ

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 10:41
0

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިމަހުގެ 24 ވާ އާދީއްތަ ދުވަހު ފުރުސަތު ހުޅުމާލުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 29 މެއި 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާ ތަކުގެ އިންތިޙާބުގައި ވާދާކުރުމަށް ފުރަންޖެހޭ އެޕްލިކޭޝަން ފޯރމް އާއި ފޯރމް އާއިއެކު ހުށަހަޅަން ޖެހޭ ތާއީދު ފޯރމް މިހާރު އެޕާޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށެވެ.

މިއިންތިޙާބަށް ކުރިމަތި ލުމަށް ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ 24 އޭޕްރިލް 2021 ކަމަށާއި، އަދި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފޯރމް (ތާއީދު ފޯމާއިއެކު) ބަލައިގަތުމުގެ މުއްދަތު ހަމާވާނީ 08 މެއި 2021 ގައިމަަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީން ސަރުކާރު ހިންގާ ނަމަ އެ ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ވަޒީރުންނާއި ޕްރޮވިންސްތަކުގެ ސެކްރެޓޭރިއޭޓާއި ދާއިރާތަކުގެ ރައީސުން ހިމެނެ އެވެ. އަދި ޗެއާޕާސަންގެ ނައިބުންނާއި އަންހެނުންގެ ރޫހުގެ ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ރައީސާއި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސަކީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އެކުލެވިގެން ވަނީ 147 މެމްބަރުންގެ މައްޗަށެވެ. އެ އަދަދު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. އެއީ މަޖިލިސް މެމްބަރަކީ ދާއިރާގެ މެމްބަރަށް ވުން ނުވަތަ މަޖިލިސް މެމްބަރުގެ އިތުރުން ދާއިރާގެ މެމްބަރަކަށް އެހެން ބޭފުޅަކު އިންތިހާބުކުރާ ފަދަ ހާލަތްތަކުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.