މުޒާހަރާއަށް މަގުތަކަށް ނިކުތުމަށް ޖާގައެއް ނުދިން

މުޒާހަރާއަށް މަގުތަކަށް ނިކުތުމަށް ޖާގައެއް ނުދިން

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2021 10:31
0

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު މިރޭ މާލޭގެ މަގުތަކުގައި ބޭއްވުމަށް މަސައްކަތްކުރި މުޒާހަރާއަށް ފުލުހުން ޖާގަ ނުދީ ހުރަސް އަޅައިފިއެވެ.

އިހުތިޖާޖުގެ ބައިވެރިން ތިބީ ރައީސް ޔާމީންގެ މޫނު ސިފަކޮށްދޭ މާސްކު އަޅައިގެންނެވެ.

މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވަމުންދާއިރު، މުޒާހަރާގެ ބައިވެރިންނަށް މަގުތަކަށް ނުނިކުމެވޭނެހެން ފުލުހުންވަނީ ޕީޕީއެމް އޮފީސް ސަރަހައްދު ހިމެނޭ ބޮޑު ތަކުރުފާނު މަގުގެ ދެކޮޅުގައި ޝީލްޑާއިއެކު ސަފުއަތުރާލާފައެވެ. އަދި އެސަރަހައްދަށް ވަދެވެން އޮންނަ ހުރިހާ މަގެއްވެސް ފުލުހުން ވަނީ ބަންދުކޮށްފައެވެ.

މުޒާހަރާއަށް ނިކުތުމަށް އިދިކޮޅު ބައިވރރިން ދަނީ މަސައްކަތް ކުރަމުންނެވެ. މިރޭގެ އިހުތިޖާޖާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ފުލުހަށްވެސް ހާޒިރުކޮށްފައެވެ.

ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައްޔިތުން މަގުތަކަށް ނިކުނަން ޖެހުނީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ދެމުންދާތީ ކަންބޮޑުވެގެން ކެތްނުކުރެވިގެން ކަމަށެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ރައީސް ޔާމީންގެ މޫނުފުޅު ސިފަވާ މާސްކު އަޅައިގެން ތިބީ އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަންކޮށް އެމަނިކުފާނުގެ ހަނދާން އައުކުރުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.