އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ ޒިންމާ ފުލުސް އޮފިސަރު ނަގަންޖެހޭނެ ކަމަށް ހުކުމް ކޮށްފި

އެމެރިކާގެ ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ މަރުގެ ޒިންމާ ފުލުސް އޮފިސަރު ނަގަންޖެހޭނެ ކަމަށް ހުކުމް ކޮށްފި

Author
ހުސެއިން
21 އޭޕްރިލް 2021 07:06
0

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅު، އެގައުމުގެ ކަޅު ނަސްލުގެ ރައްޔިތެއްކަމުގައިވާ ޖޯޖް ފްލޮއިޑް ފުލުހުން ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި، އޭނާ މަރުވުމާއި ގުޅިގެން އޭނާގެ މަރުގެ ޒިންމާ އޭނާ ހައްޔަރުކުރި ފުުސް އޮފިސަރު ނަގަން ޖެހޭނެކަމަށް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ ކުރިޔަށް ދިޔަ ކޯޓުން، އެެމެރިކާގެ މިނެއާޕޮލިސްގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޗައުވިންގެ މައްޗަށް ހުކުމް އިއްވާފައިވަނީ، ޕްރޮސެކިއުޓަރުން އޭނާގެ މައްޗަށް އުފުލާފައިވާ 3 ދައުވާވެސް ސާބިތުވާ ކަމަށެވެ.

މިގޮތުން މި ދައަުވާތައް ސާބިތުވުމާއި ގުޅިގެން، ދެވަނަ ދަރަޖައިގެ މަރުގެ ހާދިސާއެއްގެ ޒިންމާ އޭނާ އުފުލަން ޖެހޭތީ، މި ދައުވާ ސާބިތުވެ 40 އަހަރަށް އޭނާ ޖަލަށް ލެވޭއިރު، 3 ވަނަ ދަރަޖައިގެ މަރުގެ ހާދިސާއެއްގެ ދައުވާ ސާބިތުވެ، މި ދައުވާގެ އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަދި އޭނާގެ މައްޗަށް އުފުލުނު 3 ވަނަ ދައުވާ ކަމުގައިވާ، މީހަކު މަރާލަން 2 ވަނަ ދަރަޖައިގައި ގަސްތުކުރުމުގެ ކުށްވެސް ސާބިތުވެ އަދަބެއްގެ ގޮތުން 10 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމުގައިވާ ޖޯޖް ފްލޮއިޑް މަރުވެފައިވަނީ، ފުލުސް އޮފިސަރު ޑެރެކް ޗައުވިން އޭނާ ހައްޔަރު ކުރުމަށްޓަކާ އޭނާގެ ކަރަށް ފައިން އަރައިގެން ދޫނުދީ އެތައް އިރަކު ހުރުމާއި ގުޅިގެންނެވެ. އޭރު ޖޯޖް ފްލޮއިޑް ގެންދިޔައީ އޭނާއަށް ނޭވާ ނުލެވޭކަމަށް ބުނަމުންނެވެ. ޖޯޖް ފްލޮއިޑް މަރުވެފައިވަނީ، 2020 ވަނަ އަހަރުގެ މޭމަހުގައެވެ.

ޖޯޖު ފްލޮއިޑް ހައްޔަރު ކުރުމަށް ފުލުސް އޮފިސަރ ޑެެރެކް ފްލޮއިޑްގެ ކަރަށް ފައިން އަރާފައިވާ މަންޒަރު

މި ހުކުމާ ގުޅޭގޮތުން، ހުކުމަށްފަހު ކޯޓުގެ ބޭރުގައި ހުރެގެން ޖޯޖް ފްލޮއިޑްގެ ލޯބިވެރިޔާ ބުނެފައިވަނީ، މި ހުކުމް މިގޮތަށް އަންނާނެ ކަމަށް ކުރިންވެސް އޭނާ އުއްމީދުކުރި ކަމަށާއި، އަދި މިއަދަކީ "މުޅި ދުނިޔެއަށްވެސް ވަރަށް މުހިއްމު ދުވަހެއް" ކަމުގައެވެ.

ފުލުސް އޮފިސަރު ޑެރެކް ޗައުވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާ، ފަނޑިޔާރުންގެ ނިންމުން ކޯޓު ރޫމުގައި އިއްވުމަށްފަހު، ފަނޑިޔާރު ޕީޓަރ ކެހިލް ވިދާޅުވީ، ޗައުވިންގެ މައްޗަށް ކުށް ސާބިތުވުމާއި ގުޅިގެން ދެން އޮތް މަރުހަލާއަކީ ހުކުމް އިއްވުން ކަމުގައެވެ. ފަނޑިޔާރު ވިދާޅުވީ ކުރިޔަށް އޮތް 8 ހަފްތާތެރޭގައި ހުކުމް އިއްވާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.