ކުމްކުމް ބާގިޔާއިން ފެނިގެން ދިޔަ ޒަރީނާ މަރުވެއްޖެ

ކުމްކުމް ބާގިޔާއިން ފެނިގެން ދިޔަ ޒަރީނާ މަރުވެއްޖެ

Author
admin
19 އޮކްޓޯބަރ 2020 02:04
0
ޒަރީނާ ރޯޝަން ޚާން ނުވަތަ ކުމްކުމް ބާގިޔާ އިން މަޝްހޫރުކަން ހޯދި ސިންދޫ ސޫރީ މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ ކާޑިއެކް އެރެސްޓެއް ޖެހިގެންނެވެ. ޒަރީނާ މަރުވިއިރު އުމުރަކީ 54 އަހަރެވެ. އޭނާގެ ކުއްލި މަރާއެކު، އޭނާގެ ކޯސް ސްޓާރުންގެ ގޮތުގައި ފެނިގެން ދިޔަ ޝަބިރް އަހްލުވާލިއާ އާއި ސިރިތީ ޖާ ވަނީ އެކަމާއި ވަރަށް ހިތާމަ ކުރާ ކަމަށް ބުނެފައެވެ.
ވެތެރަން އެކްޓްރެސް ޒަރިނާ ވަނީ މަޝްހޫރު ޓީވީ ޝޯވތަކުން ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ޔެ ރިޝްތާ ކިޔާ ކެހްލަތާ ހޭ އިންވެސް ފެނިގެން ގޮސްފައިވެއެވެ. އަދި ބައެއް ފިލްމްތަކުންވެސް ފެނިގެން ގޮސްފައި ވެއެވެ.
ކުމްކުމް ބާގިޔާގައި ހަރަކާތްތެރިވި އަނުރާގް ޝަރްމާ ވަނީ ޒަރީނާ މަރުވެއްޖެ ކަން އިންޑިއާގެ މީޑިއާތަަށް ކަށަވަރުވެސްކޮށްދީފައެވެ.
އެއީ ތެދެއް. އެއީ ހަމަ ޝޮކެއް ޖެހިގެން ދިޔަ ކަހަލަ ހަބަރެއް. އޭނާއަކީ ވަރަށް ރަނގުމީހެއް. އެހާ އުމުރުން ދުވަސްވިޔަސް ވަރަށް ހިތްވަރުގަދަ މީހެއް. އަހަރެންނަށް އެވަރުފެ މީހަކު ނުދެކެން. އަހަރެން މިދިޔަ މަސް ތެރޭގައިވެސް އޭނާއާއެކު ޝޮޓްތަކެއް ނެގިން، އެކުގައި ވަރަށް ރަނގަޅު ވަގުތުތަކެއް ހޭދަކުރި، އެއިރުވެސް އޭނާ ވަރަށް ބަރާބަރުކޮށް ހުރީ. އެކަމަކު ކުއްލިއަކަށް އަހަރުމެންގެ ގްރޫޕަށް އެ ހަބަރު އައީ.
– އޭނާ ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.