ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކޮށްގެން، ހޮންގކޮންގގެ ބިލިޔަނަރު ޖަލަށް ލާން ހުމުން ކޮށްފި

ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކޮށްގެން، ހޮންގކޮންގގެ ބިލިޔަނަރު ޖަލަށް ލާން ހުމުން ކޮށްފި

Author
ހުސެއިން
17 އޭޕްރިލް 2021 06:36
0

ޗައިނާ ސަރުކާރާ ދެކޮޅަށް މުޒާހިރާ ކޮށްގެން، ހޮންގކޮންގެ ބިލިޔަނަރު، އަދި އެއްމެ ބޮޑު އެއް މީޑިއާ ކޮމްޕެނީގެ އިސްވެރިޔާ ޖިމީ ލައި 12 މަސްދުވަހަށް ޖަލަށް ލާން، ހޮންގކޮންގެ ކޯޓަކުން މި ހަފްތާގެ ހުކުރު ދުވަހު ހުކުމް ކޮށްފިއެވެ.

އެކުވެރި، އިތުރު 4 ޑިމޮކްރަސީގެ އެކްޓިވިސްޓުންނާއެކު ލައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، މިހާތަނަށް ހޮންގކޮންގައި ބޭއްވުނު އެންމެ ބޮޑު މުޒާހިރާ ބޭއްވުނަށް ހިތްވަރު ދީފައިވާ ކަމުގެ ކުށުގައެވެ.

މި މިޒާހިރާ އިންތިޒާމްކުރި ފަރާތްތަކުން ބުނެފައިވަނީ، މުޒާހިރާއަށް 1.7 މިލިއަން މީހުން އެއްވެފައި ވާކަމަށެވެ. މިއީ މުޅި ހޮންގކޮންގެ އާބާދީގެ 4 ބައިކުޅަ 1 ބައާއި އެއްވަރު އަދަދެއްގެ މީހުންނެވެ.

މިއެއްވުން ވެގެން ދިޔައީ 2019 ވަނަ އަހަރު ހޮންގކޮންގައި ކުރިޔަށް ދިޔަ، ޑިމޮކްރަސީއަށް ގޮވާލާ ސިލްސިލާ މުޒާހިރާތަކުގެ ފެށުން އަދި މައި ބަދަ ކަމުގައެވެ.

ލައި ހިމެނިގެން ގޮސްފައިވަނީ، މި އެއްވުން ރާވާ އަދި އެއްވުމުގައި ބައިވެރިވުމުގެ ކުށުގައި ކުއްވެރިވެފައިވާ ކަމަށް ކޯޓުން ނިންމާފައިވާ، ހޮންގކޮންގގައި ހަރަކާތްތެރިވަމުންދާ އެންމެ ފާހަގަ ކޮށްލެވޭ ޑިމިކްރަސީ ކެމްޕެއިނާސްގެ ތެރެއިން ހައްޔަރުކޮށްފައި 9 އެކްޓިވިސްޓުންގެ ތެރޭގައެވެ.

މީގެތެރޭގައި ހިމެނޭ ގިނަ އެކްޓިވިސްޓުންނަކީ، އެތައް އަހަރެއްވަންދެން، އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރަމުން އައިސްފައިވާ އެކްޓިވިސްޓުންނެވެ.

އުމުރުން 73 އަަހަރުގެ ލައި 12 މަސްދުވަހަށް ޖަލަށް ލާފައިވާިރު، އޭނާއާއެކު ޖަލަށް ލާފައިވާ އެެހެން އެކްޓިވިސްޓުން ޖަލަށް ލާން ހުކުމް ކޮށްފައިވަނީ، 8 މަސްދުވަހާއި 18 މަސްދުވަހާ ދެމުދުގެ މުއްދަތަކަށެވެ.

އަދި ހައްޔަރު ކުރެވި ޖަލަށް ލާން ހުކުމް ކުރެވުނު މީހުންގެ ތެރޭގައި، އެގައުމުގެ ގާނޫނު ހަދާ މަޖުލީހުގެ ކުރީގެ މެމްބަރެއްކަމުގައިވާ އުމުރުން 73 އަހަރުގެ މާގްރެޓް އެންޖީވެސް ހިމެނެއެވެ. އަދި މީގެ އިތުރުން، ހޮންގ ކޮންގގައި "ޑިމޮކްރަސީގެ ބައްޕަ"ގެ ނަމުން މަޝްހޫރުވެފައިވާ، އުމުރުން 82 އަހަރުގެ މާރޓިން ލީވެސް ހިމެނެއެވެ. އެއްހަފަރަކު ޗައިނާއިން ވަނީ، އެގައުމުގެ ވެރިރަށް ބޭޖިންއަށް ޚާއްސަ "ކުޑަ-ގާނޫނު އަސާއީއެއް" ލިޔެދިނުމުގެ މަސައްކަތްވެސް އޭނާއާއި ހަވާލު ކޮށްފައެވެ.

ލީއާއި އެންޖީއާ ދެބޭފުޅުން ޖަލަށް ލާން ހުކުމް ކޮށްފައިވި ނަމަވެސް، މި ދެ އެކްޓިވިސްޓުންގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ތަންފީޒުކުރުނަ ލަސް ކުރެވޭ ގޮތަށަށެވެ.

ޝަރީއަތް ކުރިޔަށް ގެންދިއުމަށްޓަކާ، ހައްޔަރުކޮށް ބެހެއްޓިފައިވާ ތަނުން ލައި ކޯޓަށް ހާޒިރު ކޮށްފައިވަނީ، ހޮންގކޮން އަށް ޗައިނާއިން ތަޢާރަފްކޮށްފައިވާ، ސެކިއުރިޓީ އާއިބެގޭ ގާނުނުގެ ދަށުން އޭނާ ހައްޔަރު ކުރުމަށްފަހު އެކަހެރިކޮށް ބަންދު ކޮށްފައި އެތަކެއް ދުވަހެއްވަންދް ބެހެއްޓުމަށް ފަހުންނެވެ.

"ހޮންގކޮންގެ ރައްޔިތުންނަށް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި މުޒާހިރާ ކުރުމުގެ މިނިވަންކަމާއި، އަދި ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ހައްގަށްވުރެ ވަކި ފުރިހަމަ ހައްގެއް ހޮންކޮންގގ ރައްޔިތުންނަށް ލިބިފައެެއް ނެތް،" ގާނޫނީ ވަކީލުންގެ ބަދަލުގައި އަމިއްލާ ފުޅަށް ކޯޓުގައި ވާހަކަ ދައްކަވަމުން އެންޖީ ވިދާޅުވެފައި ވެއެވެ.

2019 ވަނަ އަހަރު ހޮންގކޮންގގައި ބޭއްވުނު ބޮޑެތި، ޑިމޮކްރަސީގެ މުޒާހިރާތަކުގައި ވަނީ ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައްވެސް ހިގައިގެން ގޮސްފއެވެ.
އަދި މި މުޒާހިރާތައް ވެގެން ގޮސްފައިވަނީ، 1997 ވަނަ އަހަރު އިގިރޭސި އިސްތިއުމާރުގެ ދަށުން ހޮންކޮންގ މިނިވަން، ވުމަށްފަހު، ޗައިނާއިން ހޮންގކޮންގައި ހިންގަމުންއަންނަ ވެރިކަމަށް ކުރިމަތިބވެގެން ދިޔަ އެންމެ ބޮޑު ގޮންޖެޖުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.