ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު 11 ޖެހުމާއި ހަމައަށެވެ. އެލާޓް ނެރެފައިވަނީ ގއ އިން. ސ. އަތޮޅާއި މެދެގެ ރަށްތަކަށެވެ.
Alert White for Heavy rain pic.twitter.com/smxPsEZcCg
— Maldives Meteorology (@MetMaldives) October 18, 2020
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ވައިޓް އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ