އެޗްއީއޯސީގެ ކޯވިޑް-19 ގެ ހޮޓްލައިން ހިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލަ ކުޑައިރުކޮޅެއްތެރޭގައި ހައްލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އެޗްއީއޯސީން މީގެ 20 އަށް މިނެޓް ކުރިން ކުރި ޓްވީޓެއްގައި ވިދާޅުވީ ހޮޓްލައިން ހިދުމަތަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހޮޓްލައިނަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު އަނެއްކާވެސް ޚިދުމަތް ދޭން ފަށާފައިވާކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.
Our #COVID19 hotline, 1676 has resumed services.
We apologize for the inconvenience caused and thank you for your patience.
— Health Protection Agency (@HPA_MV) October 18, 2020
ކޯވިޑް-19އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމާއި، ކޯވިޑް-19ގެ އަލާމާތްތައް ރިޕޯޓްކުރުމަށާ، މި ނޫނަސް އެ ބައްޔާ ގުޅުން ހުރި އެކި ކަންކަމާ މެދު މުއާމަލާތުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން، ކޮވިޑް ހޮޓްލައިންއެއް ތަޢާރަފްކުރީ މިދިޔަ މާރޗ 7 ވަނަ ދުވަހުއެވެ. ހިލޭ ގުޅޭ ނަމްބަރު، "1676″ އާ އެކު އެ ޚިދުމަތް ފެށިގެން މިއަދާ ހަމައަށް ބައެއް ފަރާތްތަކުގެ ޝަކުވާތަކެއް ކުރި ނަމަވެސް ޙިދުމަތް ދިނުމުގައި އެޗްޕީއޭއިން ވަރަށް ކެތްތެރިކަމާއިއެކު ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ