ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިމީހާ ނިޔާވެފައިވަނީ މި މިއަދު މެންދުރުފަހު 3:50 ހާއިރުއެވެ. މިއީ ކޯވިޑް-19 ޖެހިގެން ރާއްޖޭގައި ނިޔާވި 37 ވަނަ މީހާއެވެ. މިބަލީގައި އެއްޔެވެސް މީހަކު ނިޔާވެފައި ވެއެވެ. އެދުވަހު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 30 ދިވެހިންނާއި 7 ބިދޭސީއެކެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން 3 މީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 11،178 އަށް އަރާފައިވާއިރު މިހާރުވެސް ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންޑާ 1572މީހުން އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 10،097 މީހުންނެވެ. ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 43 މީހަކަށެވެ.
ކޮމެންޓު ފޮނުވާ