ޗައިނާގައި ބަހަކާއި ލޮރީއެއް އެކްސިޑެންޓްވެ 11 މީހަކު މަރުވެއްޖެ

ޗައިނާގައި ބަހަކާއި ލޮރީއެއް އެކްސިޑެންޓްވެ 11 މީހަކު މަރުވެއްޖެ

Author
ހުސެއިން
04 އޭޕްރިލް 2021 08:46
0

އިރުމަތީ ޗައިނާގެ ޖިއާންސޫ ޕްރޮވިންސުގައި، ފަސެންޖަރުން އަރުވައިގެން ދަތުރުކުރަމުން ދިޔަ ބަހަކާއި ލޮރީއެއް އެކްސިޑެންޓް ވެ 11 މީހަކު މަރުވެ، 19 މީހަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެން ހިގާފައިވަނީ، އާދީއްތަ ދުވަހު ޗައިނާގެ ޝެންޔަންގ-ހައިކޯ އެކްސްޕްރެސް ވޭގައި އަގައުމުގެ ގަޑިން މެންދުރު 1 ޖެހިރުއެވެ. އެކްސިޑެންޑް ހިގާފައިވަނީ، މުދާ އަރުވައުގެން ދިޔަ ލޮރީ މަގުގެ މެދުގައި ޖަހާފައި ހުރި ފެންސެއް ހުރަސް ކުރަން އުޅުމުގެ ތެރޭގައި، ފަސެންޖަރުން އަރުވައިގެން ދަތުރުކުރަމުން ދިޔަ ބަހަކާއި މުޑި އަރައިގެންނެވެ.

މުދާ އަރުވައިގެން ދިޔަ ލޮރީ ބަހާއި މުޑި އެރުމުގެ ސަބަބުން، މީހުން އަރުފައިވެން ދިޔަ ބަސް ފުރޮޅިގެން ގޮސް، ބަހުގެ ފަހަތުކޮޅު، ދުވަމުން ދިޔަ އިތުރު ދެ ލޮރީއާކަވެސް މުޑި އަރާފައި ވެއެވެ.

ޗައިނަގެ ލޯކަލް މީޑިއާތަކުން މައުލޫމާތު ދެގޮތުގައި، މިހާދިސާގައި އަނިޔާވި ފަރާތްތައް މިހާރުދަނީ ކައިރި ހޮސްޕިޓަލްތަކަށް ގެންދެވެމުންނެވެ.

އެންމެ ފަހުގެ މައުލޫމާތުތައް ބުނާ ގޮތުގައި، އެކްސިޑެންޓްވި ބަހަކީ، ޝަންގހާއީއާއި ގުއާންޔުން ޕްރޮވިންސާއި ދެމެދު ދަތުރު ކުރަމުންދާ ބަހެކެވެ. ޚަބަރުތައް ބުނާގޮތުގައި، އެކްސިޑްންޓްވި ލޮރީއަކީ، މުދާ ބަރުކޮށްގެން ދަތުރުކުރި ލޮރީއަކަށްވިޔަސް، މި ލޮރީ ދަތުރު ކުރަމުން ދިޔައީ އެހާ ބަރުކޮށް މުދާ އަރުވައިގެނެއް ނޫނެވެ.

ޗައިނާގެ ކަމާ ގުޅުންހުރި އިދާރާތަކުން މިހާރުދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.