ބެންކޮކްގައި މީހުން ދިރިއުޅެމުންދިޔަ އިމާރާތެއް ވެއްޓި 5 މީހަކު މަރު ވެއްޖެ

ބެންކޮކްގައި މީހުން ދިރިއުޅެމުންދިޔަ އިމާރާތެއް ވެއްޓި 5 މީހަކު މަރު ވެއްޖެ

Author
ހުސެއިން
03 އޭޕްރިލް 2021 09:12
0

ތައިލޭންޑުގެ ބެންކޮކުގައި މީހުން ދިރިއުޅެމުންދިޔަ އިމާރާތެއް ބޮލަށް ވެއްޓި، މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރަމުންދިޔަ 4 މީހަކާއި އަދި އިމާރާތުގައި ދިރިއެޅުމުންދިޔަ މީހުންގެ ތެރެއިން އެކަކު މަރު ވެއްޖެއެވެ.

މަތީފަންތީގެ މީހުން ދިރިއުޅުމަށް، ބެންކޮކްގެ ހުޅަގު ސަރަހައްދުގައި، ގޭޓެޑް ކޮމިއުނިޓީއެއްގައި 3 ބުރިއަށް ހަދާފައިހުރި މި ގެ ވެއްޓުމުގެ ކުރިން، މިގޭގައި މިއަދުގެ ހެނދުނު 6 ޖެހިއިރު އަލިފާން ރޯވެ، އަލިފާންގަޑު ނިއްވާނުލެވި ގަޑިއެއް ހާއިރަށް އަދާފައި ވެއެވެ.

ތައިލޭންޑުގެ ވެރިރަށް ބެންކޮކްގައި ހުރި މިގޭގައި ރޯވި އަލިފާންކަޑު ނިއްވާލެވުމާއެކު، އަލިފާން ނިއްވާލުމުގައި މަސައްކަތް ކުރި މީހުންނާއި އަދި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވީ މީހުންވަނީ، އަދާހުލި ވެފައިހުރި، މިގޭގެ އޮނިގަޑުގެ ތެރެއަށް ވަދެެ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަން ކޮށްފައެވެ.

"މި ގެ ބޮލަށް ވެއްޓުނު ހަގީގީ ސަބަބު އަދ ދެނެގަނެވިފައެއް ނުވޭ. ބެލޭވެ ގޮތުގައި، މި ގެ ވެއްޓިގެން ދިޔައީ، ރޯވި އަލިފާނަގަޑުގެ ސަބަބުން ލިބިގެންދިޔަ ގެއްލުންތަކުގެ ނަތީޖާއެއްގެ ގޮތުން،" ޕޮހު ޓެކް ޓަންގ ފައުންޑޭޝަންގެ ޗީފް އޮފް ރެސްކިއު ޖިރައްޓިކޯން ބެންޖޮންކިޓް ވިދާޅުވެފައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ހަވީރު 4 ޖެހުމާއި ހަމައަށްވެސް، އަލިފާން ނިއްވާ މީހުންނާއި އަދި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރި ވީ މީހުންގެ ގެންދިޔައީ، ގޭގެ އެތެރޭގައި ތާށިވެފައި ތިބި 4 މީހަކު ސަލާމަތް ކުރުމަށް މި ގޭގެ އެތެރެއަށް ވަދެ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، ބޮލަށް ވެއްޓިފައިވާ ގޭގެތެރެއިން ސަލާމަތް ވެފައިވަނީ އެންމެ މީހެއް ކަމަށް މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރަމުންދިޔަ މީހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

ބައެއް ވީޑިއޯ ފޫޓެޖްތަކުން ހާމަވެގެން ގޮސްފައިވާ ގޮތުގައި، މި އިމާރާތް ވެއްޓިގެން ދިޔައިރު، އިމާރާތުގެ ފުރަތަމަ ބުރީގައި ތިބި އަލިފާން ނިންވާ މީހުން ގެންދިޔައީ އިމާރާތުގެ ބޭރުގެ ސްޓްރަކްޗަރ އަށް އޭރުވެސް ފެން ޖަހަމުންނެވެ.

ބޭންގކޮކްގެ ގަވަރުނަރު އަސްވިންގ ވަންމުއާންގ ވިދާޅުވެފައިވާ ގޮތުގައި، މި އިމާރާތުގެ ތެރޭގައި ތާށިވެފައިވާ މީހުންގެ ހަށިތައް ސަލާމަތް ކޮށް ބޭރަށް ނެރުމަކީ އުދަގޫ މަސައްކަތެކެވެ.

އަސްވިންގ ވިދާޅުވި ގޮތުގައި ފޮރެންސިކް ޓީމްތަކުން މިހާރު ގެންދަނީ، މި އިމާރާތުގައި އަލިފާން ރޯވި ސަބަބު ދެނެގަތުމަށްޓަކާ ޚާއްސަ ތަހުގީގެއް ފަށާފައެވެ.

ގިނަ ބަޔަކު ދިރިއުޅެ އަދި ކާރޫބާރޫ ބޮޑު ބޭންގކޮކްގައި އިމާރާތްތައް މިގޮތަށް ވެއްޓުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. އަދި ބޭންކޮކް ހިމެނިގެންދަނީ، އުސްޓަވަރުތަކާއި އަދި ބޮޑެތި ޝޮޕިގް މޯލްތައް ގިނަ ސިޓީއެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.