ނިދި ނުލިބުމުގެ ސަބަބުން ނަވާލްނީގެ ބަރުދަނުން 8 ކިލޯ ލުއި ވެއްޖެ، މިހާރު ހުންނެވީ ބަޑުހައި ހޫނުކަމުހެ ހަޅުތާލުގައި

ނިދި ނުލިބުމުގެ ސަބަބުން ނަވާލްނީގެ ބަރުދަނުން 8 ކިލޯ ލުއި ވެއްޖެ، މިހާރު ހުންނެވީ ބަޑުހައި ހޫނުކަމުހެ ހަޅުތާލުގައި

Author
ހުސެއިން
03 އޭޕްރިލް 2021 08:34
0

ރަޝިއާގެ ރައީސް ވާލްޑަމިރު ޕުޓިންގެ ސިޔާސީ ވާދަވެރިޔާ، އަދި މިހާރު ޖައްލައްލާފައިވާ އެލެކްސީ ނަވާލްނީ، ނިދި މަދުވުމުގެ ސަބަބުން 8 ކިލޯ ލުއި ވެެއްޖެކަމަށް، އެނާގެ ގާތް އެކުވެރިން ބުނެފިއެވެ.

ނަވާލްނީގެ ރައްޓެހިން ގަބޫލުކުރާ ގޮތުގައި، މިހާރު އެނާ ފަށާފައިވާ ބަޑުހައި ހޫނުކަމުގެ ހަޅުތާލު ފެށުމުގެ ކުރިން އޭނާގެ ބަރުދަނުން 8 ކިލޯ ލުއި ވެގެންދިޔައީ، ޖަލު ބަލަހައްޓާ މީހުން އޭނާގެ ނިދުމަށް ހުރަސް އަޅައި، ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ.

އެހެންނަމަވެސް، ރަޝިއާގެ ޕްރިޒަންސް ސާރވިސްއިން ބުނެފައިވަނީ، ބަންދުގައި ހުރި އެލެލްސީ ނަވާލްނީ އާއި މެދު އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމަށް ދެެކެވޭ ވާހަކަ ދޮގުކޮށްފައެެވެ.

ރަޝިއާގެ މިހާރުގެ ރައީސް ޕުޓިންގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިއާ، އެލެކްސީ ނަވާލްނީ ވަނީ މި ހަފްތާގެ ބުދަ ދުވަހުން ފެށިގެން ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ފަށާފައެވެ. ނަވާލްނީ ބަޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަންފަށާފައިވަނީ، ޖަލު ބަލަހައްޓާ ފަރާތްތަކުން އޭނާއަށް އެކަށީގެންވާ ސިއްޙީ ފަރުވާ ނުދޭތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ނަވާލްނީ ވިދާޅުވާ ގޮތުގައި، އޭނާގެ މައި ބަދައަށާއި އަދި ފަޔަށް ދަތުވާތީ ވަގުތުން ވަގުތަށް އޭނާއަށް ސިއްޙީ ފަރުވާ ބޭނުން ވެއެވެ.

ހުޅަގުގެ ގައުމުތަކުންވެސް ނަވާލްނީ ދޫކޮށްލުމަށް ގޮވާލަމުން ދާއިރު، އޭނާ ވިދާޅުވާ ގޮތުގައި، ޖަލު ބަލަހައްޓާ ގާޑުން ދަނީ، އޭނާ ނިދިޔަ ނުދީ، ކޮންމެ ގަޑިއަކުން އެއްފަހަރު އޭނާ ހޭލައްވަމުންނެވެ. އަދި ސިއްޙީ ފަރުވާ ހޯދުމަށް އޭނާ އެދެމުންދާ ދިއުންވެސް ވަނީ އަޅާ ނުލާ ދޫކޮށްލާފައެވެ.

ބުރާސްފަތި ދުވަހު ނަވާލްނީގެ ގާތް މީހުން ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހު އޭނާ ބަޑޫހައި ހޫނުކަމުގެ ހަޅުތާލު ފެށުމާއި ގުޅިގެން ބުރާސްފަތި ދުވަހު ބަރުދަން ބެލުމަށް ނަވާލްނީ ވަނީ ގެންދެވިފައެވެ. އަދި ޖަލަަށް ލެވުނު އިރު ބަރުދަނުގއި 93 ކިލޯ ހުރިއިރު މިހާރުވަނީ 85 ކިލޯއަށް ބަދަލުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.