އިންޑޮނޭޝިއާގެ، 1.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، ޕޯޓު ސިޓީއެއް ކަމުގައިވާ މަކައްސަރު ސިޓީގައި ހުންނަ ފައްޅިއަކަށް ޖާނުން ފިދާވުމުގެ ހަމަކާއެއް ދީ 14 މީހަކަށް އަނިޔާ ވެއްޖެއެވެ.
"ފައްޅިއަށް ވަންނަ ދޮރުމަތީގައި ބޮން ގޮއްވާލިއިރު، އެދިމާލަށް މޮޓޯރ ސައިލުގައި ދުއްވާފައިދިޔަ ދެމީހަކު ފެނުނު. ޖާނުން ފިދާވި މީހުން މަސައްކަތް ކޮށްފައިވަނީ، ފައްޅީގެ ގޯތި ތެރެއަށް ވަނުމަށް،" ނޭޝަނަލް ސްޕޯކްސް ޕާސަން އަރުގޯ ޔުވޯނޯ ވިދާޅުވިއެވެ.
ބޮން ގޮއްވާލި މީހުން ދުއްވަމުންދިޔަ ސައިކަލް ވަނީ ކުދި ކުދިވެފަ. އަދި އެ ސަރަހައްދުގައި، ބޮން ގޮއްވާލި މީހުންގެ ހަށިގަޑުގެ ބައިތައް ފެންނަން ހުރި..އަހަރުމެން މަސައްކަތް ކުރަމުން މިދަނީ އަދިވެސް ބޮން ގޮއްވާލި މީހުންގެ ހަށިގަޑުގެ ބައިތައް އެއްކޮށް، އެމީހުން ޖިންސް ވަކި ކުރުމަށް."
ޕޮލިހުން ބުނެފައިވާ ގޮތުގައި، ފައްޅިއަށް ވަނުމަށް ބޮން ގޮއްވާލި މީހާ މަސައްކަތްކުރި ވަގުތު، އޭނާ މަތަ ކުރުމަށް ފައްޅީގެ ސެކިއުރިޓީ ގާޑުން މަސައްކަތް ކޮށްފައި ވެއެވެ.
ކުރިން ފުލުހުން ބުނެފައިވަނީ، ބޮން ގޮއްވާލިކަމަށް ޝައްކު ކުރެވޭ ދެމީހުންގެ އެކަކު މަރުވެފައިވާކަން ޔަގީންވެފައި ވާކަމަށާއި، އެހެންނަމަވެސް، ދެވަނަ މީހާ މަރުވެފައިވާކަމެއް ޔަގީން ނުވާ ކަމަށެވެ.
މި ފައްޅިއަށް ޖާނުންފިދާ ވުމުގެ ހަމަލާ ދީފައިވަނީ، އަޅުކަން ކުރަން ދިޔަ މީހުން، ކްރިސްޓިއަނުން ދީނީ ހަފްތާއެއްގެ ފުރަތަމަ ދުވަސްކަމަށްވާ ޕާމް ސަންޑޭ، އީސާގެފާނު ޖެރޫސެލަމްއަށް ވަން ދުވަހުގެ ގޮތުގައި ކުރިސްޓިއަނުން ފާހަގަކުރާ ދުވަސް ފާހަގަކޮށް ނިންމާފަ ފައްޅިން ނިކުތް ވަގުތާއި ދިމާކޮށެވެ.
ކޮމެންޓު ފޮނުވާ