ޖިމަކާއި، ކެފޭ ހިންގާނެ ބަޔަކު ހޯދަން މަޖިލީހުން އިއުލާންކޮށްފި

ޖިމަކާއި، ކެފޭ ހިންގާނެ ބަޔަކު ހޯދަން މަޖިލީހުން އިއުލާންކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 07:00
0

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓާއި، ޖިމް ހިންގާނެ ފަރާތެއް ހޯދުމަށް މަޖިލީހުން ކުރި އިއުލާން ބާތިލުކޮށް އަލުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

މަޖިލީހުގައި އުފައްދާފައިވާ ސޯޝަލް ކްލަބުން ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމިކަން މިދިޔަ އަހަރު ޖުލައި މަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އޭރު ބީލަމަށް ވެސް ހުޅުވާލިއެވެ. ނަމަވެސް އެ އިއުލާން ބާތިލްކޮށް މިއަދު ވަނީ އަލުން ބީލަން ހުޅުވާލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މަޖިލީހުގެ އިއުލާންގައިވަނީ ރެސްޓޯރަންޓް ހެދުމަށް ނިންމާފައިވަނީ މަޖިލީހުގެ އައު އިމާރާތުގައި ޓެރަސްގައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތަކުން މަހުގެ 28ގެ ކުރިން ޕްރޮޕޯޒަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މަޖިލީހުގައި ޤާއިމްކުރާ ޖިމާއި ރެސްޓޯރެންޓަކީ އާންމުނަށްވެސް އެތަންތަނުގެ ޙިދުމަތް ދެވޭގޮތަށް ހުޅުވާލާތަންތަނެވެ. މަޖިލީހުގެ ރެސްޓޯރަންޓުން މަޖިލީހުގެ ޔަޢުމިއްޔާއާއި، ބައެއް ރިޕޯޓްތަކާއި، އެހެނިހެން ތަކެތިވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް އެދާއިރާގެ ރައްޔިތުންނާއިއެކީގައި ސައިފޮދު ހިއްޕެވުމާއި، ކެއުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް މަޖިލީހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.