ވޯލްޑް ކަޕް 2026: އެމެރިކާ ބަލިކޮށް، ބެލްޖިއަމް ކުއާޓާ ފައިނަލަށް

ވޯލްޑް ކަޕް 2026: އެމެރިކާ ބަލިކޮށް، ބެލްޖިއަމް ކުއާޓާ ފައިނަލަށް

Author
އަހުމަދު
07 ޖުލައި 2026 10:41
0

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އެމެރިކާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދައި، ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ސިއެޓްލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކޮންމެ ހާފެއްގައިވެސް ބެލްޖިއަމްއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ކުރީކޮޅު ޑި ކަޓަލާރޭ ކާމިޔާބުކޮށްދިން ލަނޑާއެކު ބެލްޖިއަމްއިން ލީޑު ނެގި ނަމަވެސް، މެޗުގެ 31 ވަނަ މިނެޓުގައި އެމެރިކާގެ މާލިކް ޓިލްމަން ވަނީ ހިލޭ ޖެހުމަކުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާ އަށް އޮޅުވާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މި މެޗަށް ބެލްޖިއަމްއިން ނުކުތީ ޓީމަށް މުހިންމު ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ތަޖުރިބާކާރު ކުޅުންތެރިޔާ ކެވިން ޑިބުރޭނާ ފުރަތަމަ އެގާރައިގައި ނުހިމެނޭއިރު، ލުކަކޫ އާއި ޑޮކޫއަށްވެސް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.