ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު އެއްވެސް ބިރެއް ނެތް ކަމަށާއި، މިސްރު ޓީމުގައި ކެޕްޓަން މުހައްމަދު ސަލާހާއެކު އިތުރު 26 މެސީ އެބަތިބި ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ހަސަން ބުނެފިއެވެ.
މިސްރުގެ ސަދާ އަލް ބަލަދު ޗެނަލަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން އިބްރާހިމް ހަސަން ބުނީ، އިދިކޮޅު ޓީމުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ހުރި ނަމަވެސް، އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ނުކުޅޭނެ ކަމަށެވެ. އަދި ކުޅުންތެރިންގެ ގާތުގައި އެދެނީ އިދިކޮޅު ޓީމަށް ނުބަލައި އަމިއްލަ ކުޅުން ދެއްކުމަށް ކަމަށާއި، އާޖެންޓީނާ އަތުގައި މެސީ ހުރި ނަމަވެސް މިސްރު ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް މެސީއެއް ފަދަ ކުޅުންތެރިއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މިއީ މިސްރުގެ ފުޓްބޯޅަ ތާރީޚުގައި ވޯލްޑް ކަޕެއްގައި އެ ގައުމުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް އަދި އީރާނާ އެއްވަރުކޮށް، ނިއުޒިލޭންޑް ބަލިކުރުމަށްފަހު، ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާ ކަޓުވާލައިގެން މިސްރުން ވަނީ ތާރީޚީ ކުރިއެރުމެއް ހޯދާފައެވެ. މިހާރު އެ ޓީމުގެ އަމާޒަކީ މިރޭ ރާއްޖެ ގަޑިން 21:00 ގައި ކުޅޭ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް މުޅި ދުނިޔެ ސަޕްރައިޒް ކޮށްލުމެވެ.
ކޮމެންޓު ފޮނުވާ