ރިޓަޔަރ ކުރައްވާފައިވާ ސިފައިންގެ އޮފިސަރުންނާއި ބައްދަލުކޮށްފި

ރިޓަޔަރ ކުރައްވާފައިވާ ސިފައިންގެ އޮފިސަރުންނާއި ބައްދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 06:48
0

ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައިވާ ސީނިއަރ އޮފިސަރުންނާ އެމްއެންޑީއެފް ލީޑަރޝިޕުން ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރަށްޤީއަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓް އަދި ޕްލޭންތަކާ ބެހޭގޮތުން ވަނީ ޕްރެޒެންޓޭޝަނެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންނަކީ ސިފައިންގެ ޚިދުމަތުގައި ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައި ސިފައިންގެއަށް ލިބުނު ކާމިޔާބީގައިވެސް ބޮޑު ހިސްސާއެއް އޮތް ބޭފުޅުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.