ކުޑަހުވަދޫ އެއަރޕޯޓް 6 މުއައްޒިފަކު ޕޮޒިޓިވްވެ ރަށް މޮނީޓަރިންގއަށް

ކުޑަހުވަދޫ އެއަރޕޯޓް 6 މުއައްޒިފަކު ޕޮޒިޓިވްވެ ރަށް މޮނީޓަރިންގއަށް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 04:45
0

ދ.ކުޑަހުވަދޫއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ޙާލަތަކަށް ގެނެސްފިއެވެ.

އެޗްއީއޯސީން ވިދާޅުވީ އެރަށް މޮނިޓަރިންއަށް ލާފައިވަނީ ކުޑަހުވަދޫ އެއަރޕޯޓުގައި މަސައްކަތްކުރާ 6 މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ. މި 6 މީހުންގެ ޓެސްޓު ހަދާފައިވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މިކޭސްތަކާއި ގުޅިގެން މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ އެރަށްވަނީ މޮނީޓަރިންގެ ޙާލަތަކަށް ގެނެވިފައެވެ. މިޙާލަތުގައި އެރަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ.

ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންގއަށް ލާ ރަށްރަށުގައި މީހުން އެއްގެއިން އަނެއް ގެއަށް ދިއުމާއި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލަންޖެހެއެވެ. އަދި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތަކުގައި ބޭރަށްދާނަމަ މާސްކު އަޅަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.