އުތުރު ތިލަފަޅު އެއްބަސްވުން އާންމުކުރުމަށް ގިނަބަޔަކު އެދެމުންދިޔަ ނަމަވެސް މިކަމުގައި ހަރަކާތްތެރިވާ މީހެއްގެ ދަތްދޮޅި ދުއްވާ ނުލަނީސް އެގްރިމަންޓް ހާމަކުރާނެ ކަމަށް ނުބެލޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް އޮތް ހައްލަތަކީ އެއްބަސްވުން ހާމަކުރުން ކަމަށާއި، މިކަމުގައި މީހުންގެ ދަތްދޮޅިއާއި ހަމައަށް އަންނަން ނުޖެހޭކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވާފައި ވަނިކޮށށެވެ.
އާދަމް ޝަރީފް މިފަދަ ވާހަތަކެއް ދައްކަވާފައި ވަނިކޮށް މުސްތަފާ މިއަދު ވިދާޅުވީ އެގްރީމަންޓް ފަސޭހަ ގޮތަކަށް ހާމަކުރާނެ ކަމަށް ނުބެލޭކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުން ފާސްކުރާ އެއްބަސްވުންތަކަކީވެސް އަދި އެނޫން އެއްބަސްވުނަތަކަކީ ދެފަރާތުން އެއްބަސްވެގެން ބާތިލް ކުރެވޭނެ އެއްބަސްވުންތަކެއް ކަމަށެވެ.
Mi in meehgge dhai dholhi dhuvvaa nulanees mi agreement mi meehun haama eh nukuraane.
— Mohamed Musthafa (@Thimarafushi) March 17, 2021
މަޖިލީހުގައި އިއްޔެ ކުރިއަށްދިޔަ އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅޭ ބަހުސްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެއްބަސްވުމާއި ގުޅިގެން ރައްޔިތުންގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިފައިވާކަމަށެވެ. މިސުވާލުތަކާއި ގުޅިގެން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވައި ބަހުގެ ހަމަލާ ބަދަލު ކުރުމަކުން ރައްޔިތުންގެ ހިތަށް ތަސައްލީއެއް ނުލިބޭނެކަމަށެވެ.
އިއްޒަތްތެރި ރައީސް އެއީ އަޅުގަނޑު ދެކޭ ގޮތުގައި މީގައި އަޅުގަނޑުމެންނަށް އޮތް ހައްލަކީ. އެހާމަކުރުމާއި ހަމައިން ދެން އަޅުގަނޑުމެން ކެންބޮޑުވާކަމަށްވެސް ނުޖެހޭނެ، މީހުންގެ ދަތްދޮޅި އާއި ހަމައަށްވެސް ދާކަށް ނުޖެހޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިޤައުމީ ދިވެހި ކޮންމެ ރައްޔިތަކުވެސް ލޯބިވާ ޤައުމެއް ކަމަށެވެ. މިފަސްގަނޑާއިމެދު ޝައްކު އުފެދޭފަދަ ކަމެއް ކުރުމަކީ އެއްވެސް ރައްޔިތަކު ޖާގަދޭނެ ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލާގައި މިއަދު ބޮޑު ފިތުނައަކަށް ޤައުމު ދިއުމުގެ ކުރިން މިކަމުގެ ހައްލު ހޯދައި ދިނުމަކީ ސަރުކާރުން ކުންޖެހޭ ކަމެއްކަމަށެވެ.
އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށާ، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަ ނުދޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ