ކުރާނެ މަސައްކަތެއް ނެތި މަޖިލިސް ވޯޓާއި ހަމަޔަށް ބްރޭކަށް

ކުރާނެ މަސައްކަތެއް ނެތި މަޖިލިސް ވޯޓާއި ހަމަޔަށް ބްރޭކަށް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 10:19
0

ރައްޔިތުންގެ މަޖިލީހުގެ ތަޅުގައި އެއް ގަޑިއިރުގެ މަސައްކަތަށްފަހު އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުން ވޯޓު ގަޑިޔާއި ހަމައަށް މަޖިލިސް މެދު ކަނޑާލައިފިއެވެ.

މަޖިލީހުގެ އެޖެންޑާއިވެސް މިއަދު އޮތީ 3 މަސައްކަތެވެ. އޭގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓަރ ނަސީމްއާއި ސުވާލު ކުރެއްވުމާއި، ދެ ކޮމިޓީއަކުން ހުށަހަޅާފައިވާ ރިޕޯޓް މަޖިލީހަށް ހުށަހެޅުމެވެ. މި މަސައްކަތްތައް ނިންމުމަށްފަހު މަޖިލިސް ވޯޓު ގަޑިޔާއި ހަމަޔަށް މެދު ކަނޑާލާފައިވާކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަހަރަށް މަޖިލިސް ފެށިފަހުން މިހާތަނަށް އަދި މަޖިލިސް ތަޅުމުގައި ބިލުތަކުގެ މަސައްކަތްތަކެއް ނުކުރެވެއެވެ. ތަޅުމުގައި މަސައްކަތެއް ނެތުމުން ގިނަ ދުވަސްދުވަހު އޮންނަނީ ކުއްލި މައްސަލަތަކަށް ބަހުސް ކުރުމާއި، ހުށަހެޅޭ ގަރާރުތަކަށް ބަހުސް ކުރުމެވެ. މަޖިލީހުގެ ތަޅުމުގައި މަސައްކަތް ނެތީ ސަރުކާރުން މަޖިލީހަށް ފޮނުވަންޖެހޭ ބިލްތައް މަޖިލީހަށް ނުފޮނުވައިގެން ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސަރުކާރުން ވަނީ މިހާތަނަށް މަޖިލީހަށް 7 ބިލެއް ހުށަހަޅާފައެވެ. އަދި ސަރުކާރުން މިދިޔަ ދައުރުގައި މަޖިލީހަށް ހުށަހެޅި ބައެއް ބިލްތަކުގެ މަސައްކަތްވެސް އަދި ނިމިފައިނުވެއެވެ. މަޖިލީހުގެ މަސައްކަތެއް ނެތި މެދުކަނޑާލާފައިވާއިރު، މިއަދު ދެން މަޖިލިސް ފަށާނީ ވޯޓް ގަޑިއަށް މެންދުރު 1 ޖަހާއިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.