ޕެޑު މައްސަލާގައި ހޫނުފެނަށް ވެއްޓި އެންމެފަހުން އަނދުން ހުސެއިން މަޢާފަށް އެދިއްޖެ

ޕެޑު މައްސަލާގައި ހޫނުފެނަށް ވެއްޓި އެންމެފަހުން އަނދުން ހުސެއިން މަޢާފަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 10:01
0

އަންހެން ކަނބަލުންނަށް ނިސްބަތްވާ ގޮތަށް ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މަޖިލީހުގައި ދެއްކެވި ވާހަތަކަށް އޭނާ މަޢާފަށް އެދި ވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށް އަނދުން ހުސައިން ވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. މިމައްސަލާގައި ގިނަ އަންހެން ކަަނބަލުން ވަނީ އޭނާއަށް ނިސްބަތްކޮސް ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުކޮށްފައެވެ. މިކަމައި ގުޅިގެން އޭނާވަނީ މިއަދު މަޢާފަށް އެދިފައެވެ. އަދި މިއީ ދައްކަން ހެޔޮ ނުވާ ވަރުގެ ވާހަތަކެއްކަމަށް ގަބޫލު ކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަނަބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަށް ދެކެވުނު ވާހަކައަށް މަޢާފަށް އެދެނެ. ބަލައިގަނެވޭނެފަދަ ވާހަކައެއް ކަން ގަބޫލުކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް ސަމާލު އިތުރަށްވާނަން.

– އަދުން ހުސެއިން ވިދާޅުވިއެވެ.

މަޖިލީހުގައި ބަހުސް ކުރެއްވި މައްސަލައެއްގައި ނިޒާމީ މައްސަލައެއް ނަންގަވައި އަނދުން ހުސެއިން ވިދާޅުވީ އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށެވެ. އަދި އެ މަންޒަރު އޭނާ އަށް އެތައް ދުވަހަކު ފެނިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފެނޭ ކިތަންމެ ދުވަހަކު، އާދަމް ޝަރީފް ވަޑައިގަންނަވާ އިރު ފެޑް ޖައްސަވާފައި ހުންނަވާ ތަން. ފަހަތުން ތެމިފަ، ލޭ ތެމިފަ.

– އަނދުން ހުސައިން ވިދާޅުވިއެވެ.

އާދަމް ޝަރީފަށް ނިސްބަތްކޮށް މިވާހަ ދެއްކެވިނަމަވެސް މިމައްސަލާގައި ގިނަ އަންހެން ކަނބަލުން ވަނީ އަނދުން ހުސެއިންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haaufaa
Kale ah maafeh nudheveyne.kaleyge faraathun abadhu thiyafadha munaafigu sifathah dhanee fennamun.
ހ ހުށޭނު
އާދަމް ޝަރީފް ބުނިހެން ބަސް އަހައިގެން، ނުބޮއެ ޕާޓީ ނުކޮށް ރަނގަޅު ޤިބްލަ ހޯދައިގެން ނަމާދު ކޮށްލައިގެން މަޖްލިހަށް ދިޔައީމަ އޮޓޯ އިން "ސަމާލު" ވެވޭނެ ތިޔަކަމަށް. ނަމާދު ކުރަން ނޭނގޭނަމަ، ނުވަތަ ކިޔާ އެއްޗިސް ނުފަރިތަނަމަ، ތަޢުލީމް ދިޔާނާއެއް ގަނެލައިގެން ދަސްކޮށްލާ! ރަނގަޅު ދިޔާނާ ހޯދާތި އަނެއްކާ، ނުނީ ތިތާ އިންނަވާ ތިޔަ ޒާތުގެ އަނެއްސޮރު އިގްނައިޓް ވެދާނެ... ބުކްޝޮޕް އިން ލިބޭނެ، 85،000ރ. އަށް ވުރެ ހެޔޮވާނެ ވީމާ ގަނެވޭނެ!
ނ ނުރަބޯ
ވަރަށް ބަރާބަރު.....!