ޖޫން މަހާއި ހަމަޔަށް ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެބިއުލާންސް ހަމަވާނެ: ނަސީމް

ޖޫން މަހާއި ހަމަޔަށް ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެބިއުލާންސް ހަމަވާނެ: ނަސީމް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 09:47
0

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާންސް މިއަހަރުގެ ޖޫން މަހާއި ހަމައަށް ހަމަވާނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެ.

މަކުނުދޫ ދާއިރާގެ އެންމެބިއުލާންސް ލިބޭނެ ދުވަހަކާއި ގުޅޭގޮތުން ވަޒީރާއި ސުވާލު ކުރުމަށް މިއަދު މަޖިލީހުގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ އެންބިއުލާސް ހަމަކުރުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

ބައެއް ރަށްރަށުގައި ހުރި އެންބިއުލާންސްތަކުގެ ތެރެއިން މަރާމާތުކުރަންޖެހޭ އެމްބިއުލާންސްތައް މަރާމާތުކުރެއްވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، ބައސެއް ރަށްރަށުގައި ބޭނުން ކުރަމުންދާ އެންބިއުލާސްތަކަށް ކޮންމެވެސް ވަރެއްގެ ސާވިސްއެއް ދީގެން ބޭނުން ކުރެވޭ ހާލަތުގައިވެސް ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އެންބިއުލާސް ބޭނުންވާ ރަށްތަކާއި، މިހާރު ބޭނުން ކުރަމުންދާ ރަށްތަކުގެ ތެރެއިން އެންބިއުލާސް ހަލާކުވެފައިވާ ރަށްތައް ދެނެގަނެވި، އެންބިއުލާސްތައް ލިބުމުން އެރަށްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިހާރު ތާވަލް އޮތްގޮތުން އޭޕްރީލް މަހުގެ ތެރޭގައި އެންބިއުލާސްތައް ލިބެން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ގެންނަ އެންބިއުލާންސް ތަކަކީ މިނިސްޓްރީން ގަނެގެން ގެންނަ އެންބިއުލާންސާއި، ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބޭ އެންބިއުލާސްތައް ކަމަށެވެ. އަދި އަމާޒަކީ މި އެންބިއުލާންސްތައް ރާއްޖެއަށް ގެނެވި މިއަހަރުގެ ޖޫން މަހުގެ ކުރިން ހުރިހާ ރަށެއްގައި އެންބިއުލާންސް ހަމަކުރުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.