އަޅުގަނޑުމެން ވަރަށް ފަރުވާކުޑަވެއްޖެ، ސިއްޚީ ހިދުމަތްދޭ ތަންތަނުގެ އެއާކޯނު ނުބެލެހެއްޓޭ: ނަސީމް

އަޅުގަނޑުމެން ވަރަށް ފަރުވާކުޑަވެއްޖެ، ސިއްޚީ ހިދުމަތްދޭ ތަންތަނުގެ އެއާކޯނު ނުބެލެހެއްޓޭ: ނަސީމް

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 09:33
0

ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމްކޮށްފައިވާ ޞިއްޚީ އެކި މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ހަރުކުރެވިފައިވާ އެންބިއުލާންސްތައް ބެލހެއްޓުމުގައި މިނިސްޓްރީ ވަރަށްބޮޑަށް ފަރުވާ ކުޑަވެފައިވަކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިނިސްޓަރ ނަސީމްއާއި ކުރެއްވުނު ސުވާލުތަކުގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެރަށުގެ އެއާކޯން ނުލިބި އެތައް އަހަރެއް ވެގެންދާއިރު އެކަމަށް ހައްލެއް ނުލިބެނީ ކީއްވެތޯ ކުރެއްވި ސުވާލުގައި މިނިސްޓަރ ވިދާޅުވީ އެއާކޯނުގެ މައްސަލައަކީ ވަރަށް ބޮޑު ވެފައިވާ މައްސަލައެއްކަމަށެވެ. މިނިސްޓްރީންވެސް މިކަމުގައި އެކަށީގެންވާ މަސައްކަތް ނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއާކޯނުތައް ހަރުކުރުމަށްފަހު އޭގެ މަރާމާތާއި، އެނޫންވެސް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރައްވާކަމަށް ނަސީމް ވިދާޅުވިއެވެ. ނަމަވެސް މަސައްކަތް ކުރައްވަމުންދަނީ ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ރަނގަޅުކޮށް، ރަށްރަށުގެ ޞިއްޚީ ހިދުމަތްދޭ ތަންތަނުގައި ހުރި އޭސީތަކަށްވެސް ރަނގަޅު ގޮތްތަކެއް ހެދުންކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމްވަނީ މިއަދު ކުރެވުނު ގިނަ ސުވާލުތަކަށް ޖަވާބު ދެއްވައި ރާއްޖޭގެ އެކި ދާއިރާތަކަށް ދިމާވެފައިވާ ޞިއްޚީ މައްސަލަ ހައްލު ކުރެއްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.