ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.
ރައީސް ޞާލިހު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅަކީ ބަންގްލަދޭޝްއަށް 1975 ވަނަ އަހަރު އަވަހާރަކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ޝެއިޚް މުޖީބު ރަޙްމާނަކީ ބަނގްލަދޭޝްގެ ފުރަތަމަ ރައީސެވެ.
President @ibusolih and First Lady arrive in #Bangladesh on State Visit
Upon arrival to Hazrat Shahjalal International Airport (HSIA) in Dhaka, the government of #Bangladesh held a colorful ceremony to honor and officially welcome the President and First Lady of #Maldives pic.twitter.com/ZhBGJA1rzq
— The President's Office (@presidencymv) March 17, 2021
ރައީސް ޞާލިހުގެ ބަންގްލަދޭޝްއަށް ވަޑައިގެންފައިވަނީ ޤަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. މި ދަތުރުފުޅުގައި ރައިސުލްޖުމްހުރިއްޔާ ވަނީ ޤަޠަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އިސް ވެރިން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ދެ ޤައުމު ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ ވާހަކަފުޅުތަކުގައި ދެ ޤައުމަށްވެސް ފައިދާވާ ކަންތައްތަކުގައި، ދެޤައުމަށްވެސް ފުރުޞަތުތައް ހޯދައި އެކުގައި މަސައްކަތްޕުޅު ކުރެއްވުމަށް މަޝްވަރާކުރެއްވެވިއެވެ. ރަސްމީ ވާހަކަފުޅުތައް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރުން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި އިސް އޮފިޝަލުންގެ ވަފުދުގެ ބޭފުޅުން ވަނީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ބޭއްވެވި މެންދުރުގެ ރަސްމީ ޖާފަތުގައި ބައިވެރިވެލައްވާފައެވެ.
ކޮމެންޓު ފޮނުވާ