ހައުސިން އާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ޕަބްލިކް ވޯކްސްގައި ރާއްޖެ މިހާތަނަށް ދުށް އެންމެ އާދަޔާހިލާފު ވަޒީރު ނިޝާން އިއްޒުއްދީނު އިތްޒަތްތެރިވެރިޔާ، އުމަރު ޒާހިރުވެސް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޑރ.މުއިއްޒުއަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިއެވެ.
އުމަރު ޒާހިރުގެ ތާއީދު ޑރ.މުއިއްޒުއަށް އޮތްކަން ހާމަކުރުމާއި ގުޅިގެން ޑރ.މުއިއްޒުވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އުމަރު ޒާހިރުއަކީ އަބަދުވެސް އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ރާއްޖޭގެ ތަރައްޤީގައި މުހިންމު ހިއްސާއެއް އޮތް ބޭފުޅެއްކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު އެ ބޭފުޅަކަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ، އޮނަރަބަލް އުމަރު ޒާހިރު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ތާއީދު ކުރައްވަނީ އަޅުގަނޑަށްކަން އިއުލާން ކުރެއްވުން އެންމެ ރަނގަޅުކަމަށް އަޅުގަނޑު ގާތު ވިދާޅުވީތީ، އޮނަރަބަލް މިނިސްޓަރ އަށް ހިތުގެ އިޚުލާސްތެރި ޝުކުރު ދަންނަވަން.
– ޑރ.މުއިއްޒު ވިދާޅުވިއެވެ.
Alhugandu e beyfulhakahttakaa abadhuves fakhuruverivaa, Hon. Min Umar Zahir, local council inthikhaab gai Male ge mayor kamah thaaeedhu kuravvanee alhugandahkah iulaan kurevvun emme rangalhukamah alhugandu gaathu vidhaalhuveethee, Hon Min ah hithuge ikhlaastheri shukuru dhannavan pic.twitter.com/iiC0igtkmc
— Dr Mohamed Muizzu (@MMuizzu) March 16, 2021
މުއިއްޒަކީ އުމަރު ޒާހިރުގެ އަރިހުގައި މަސައްކަތް ކުރެއްވި އެމަނިކުފާނުގެ އިރުޝާދާއި ތަރުބިއްޔަތު ލިބި ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އުމަރު ޒާހިރުގެ އަރިހު މިނިސްޓްރީގައި މަސައްކަތް ކުރައްވަނިކަށް ލިބިވަޑައިގެންނެވި ސްކޮލާޝިޕެއްގައި މުއިއްޒު ވަޑައިގެންނެވީ އިނގިރޭސި ވިލާތަށެވެ. އިނގިރޭސިވިލާތުގައި ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށްފަހު ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ނަންގަވައިގެން މުއިއްޒު ރާއްޖެ ވަޑައިގެންނެވި އިރު މިނިސްޓްރީ އޮތީ އެކީ ބަދަލުވެފައެވެ.
މާލެ އަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރި ހައުސިން އެންޑް އާބަން ޑިވެލޮޮޕްމަންޓް ބޯޑްގައި މުއިއްޒު ގާތްގަނޑަކަށް ތިން އަހަރު ދުވަހު މަސައްކަތް ކުުރެއްވި އެވެ. މުއިއްޒުވަނީ، އުމަރު ޒާހިރު ގެނެސްދެއްވި ތަރައްޤީ ދަމަހައްޓަވައި ރައީސް ޔާމީންގެ ވެރިކަމުގައި އެ ތަރައްޤީ އިޔާދަކޮށްދެއްވައި މާލެއަށް ބޮޑު ބަދަލެއް ގެނެސްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ