ކޯވިޑް އެހީގެ ގޮތުގައި ސަރުކާރުން އަޅުގަނޑަށް 4 މިލިއަން 5 ލައްކަ ރުފިޔާ ދިން: ޝަރީފް

ކޯވިޑް އެހީގެ ގޮތުގައި ސަރުކާރުން އަޅުގަނޑަށް 4 މިލިއަން 5 ލައްކަ ރުފިޔާ ދިން: ޝަރީފް

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 12:16
0

ކޯވިޑްގެ އެހީތެރިކަމުގެ ގޮތުގައި 4 މިލިއަން 5 ލައްކަ ކުރިޔާ ސަރުކާރުން ދެއްވިކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިން ތަކުގެ ސަބަބުން، ކެފޭ، ރެސްޓޯރަންޓް ތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށައެޅުއްވި ކުއްލި މައްސަަލައަށް ވާހަކަފުޅު ދައްކަވަމުން އައްޑޫ ޝަރީފް ވިދާޅުވީ، ކޯވިޑަށް ސަރުކާރުން 3 ބިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށެވެ. އެއީ މަދު މިންވަރެއްކަމަށާއި، އެ ޚަރަދު ސަރުކާރުން ނުކުރިނަމަ ރައްޔިތުން ތިބޭނީ ބަނޑަށް ޖެހިފައިކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެ ޚަރަދު ނުކުރިނަމަ ވިޔަފާރިތައްވެސް އިނދަޖެހުނީސްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވިޔަފާރިތައް އިނދަޖެހިގެން ދިޔައިރު އަޅުގަނޑަކީވެސް އެކަން ތަހައްމަލު ކުރަމުންދާ މީހެއް. އެކަމު އަޅުގަނޑު ސަލާމަތުން މިހުރީ ދިވެހި ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޚަރަދު ކުރެއްވީމާ. އޭގެތެރޭގައި ކޮވިޑްގެ އެކި އެކި އެހީގެ ގޮތުގައި އަޅުގަނޑަށްވެސް ވަނީ 4 މިލިއަން ފަސް ލައްކަ ރުފިޔާގެ އެހީތެރިކަމެއް ލިބިފައި. އެ ނެތްނަމަ އަޅުގަނޑު ކިހިނެއްތޯ މުސާރަދީގެން ކުލި ދީގެން އުޅޭނީ.

– މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

ސަރުކާރުން ވަނީ ކޯވިޑްގެ ސަބަބުން ނުރަނގަޅު އަސަރުކުރި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް އެހީތެރިކަން ދެމުންކަމަށް ސަރުކާރުން ބުނެއެވެ.

ކޯވިޑާއި ގުޅިގެން ސަރުކާރުން ދޭ އެހީ ނުލިބޭ ކަމުގެ ގިނަ ޝަކުވާތަކެއް އެތައް ރައްޔިތަކު ސޯޝަލް މީޑިއާގައި ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، މަހަކު 5000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާ އެ ފައިސާ އަންނަނީ ދޫކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިންކަމް ސަޕޯޓް އެލަވަންސް ދޫކުރުމުގެ އެންމެ ފަހު ބުރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ސަރުކާރެއް ނެތް.ހިތަށްއެރި ގޮތެއް.ބޭނުން މީހަކަށް ބައި އަޅަނީ.
އ އަހަރެން
ހާލުގައި ޖެހޭ މީހާ ޖޫރިމަނާކޮށް އޭނާ އަތުން 1000 ރުފިޔާ ކަނީ، ވިޔަފާރިވެރި ލާރި ލިބޭ މީހާއަށް މިލިޔަނުން ފައިސާ، މީ ކޮންކަހަލަ ގާނޫނެއް ހިނގާ ތަނެއް.. ކޮބާ މުއްސަނދި މަހުޖަނުން ކޮވިޑްގެ ކުރިން ކުރި ވިޔާފާރިތަނުން ލިބުނު މަންފާ، ކުއްލިޔަކަށް ތަ އެމީހުން އިދަ ޖެހެނީ؟ އެއީވެސް މި ޕެންޑަމިކު ބޮލުގަ އަޅުވާފައި... ކީކޭ ބުނާނީ ދޯ!!! އެބަޔަކު އަތުގަ ޖެހުނު ތަނަކުން ކަނީ
ރ ރައްޔިތެއް
ކޮންމެސަރުކާރަކުން ހާލުގަޖެހިގެން އުޅޭމީހުންނަށް އެހީވިއަސް ލިސްޓްގެ އެންމެކުރީގަ ޝަރީފް. ކެޔޮކޭވަރުއެގޭނީ ބިތުފަންގި ނެގީމަ.ނިކަން ދެފުއްދައްކާލަބަލަ. ކީއްވެލިސްޓްނެރެން ނުކެރިގެން ތިޔައުޅެނީ. ޝަރީފުވެސް ގޭކުލިނުދެއްކި ވިޔަފާރި ބަގުރޫޓްވީމަ ދެންޖެހޭނީ 3000ރ އެލަވަންސްނަގައިގެން އުފަންރަށަށް ހިޖުރަކުރާކަށްނޫންތޯ. މާލޭގައި ހާލުގަޖެހުނު އެހެންރައްޔިތުންނަށްވެސް މަޖުބޫރުކުރީ ދިރިއުޅުމަށް ކުރި މަސައްކަތް ކުރިއުންމީދު ފުޑުފުޑުކޮށްލާފަ ރަށައްހިޖުރަކުރަން .
ރ ރައްޔިތެއް
މިހާރުއެފަޅާއަރަނީ ސަރުކާރުން ކޮވިޑުގައި ހާލުގަޖެހިގެން ނިކަމެތިހާލުގައުޅޭ ރައްޔިތުންނަށް މިލިޔަނުން އެހީވިކަމަށް އެބުނާ ނިކަމެތިރައްޔިތުންގެ ހަގީގަތް .އެއިން އެއްވެސް އެހީއެއް ނިކަމެއްޗަކަށް އެހައްގުވާ މީހަކަށް ނުލިބޭނެ. ދިނަސްއަތުލާފަ އަމިއްލަޖީބަށްއަޅާނެ. ފުލެޓްތަކަށް ވެސްވީހަމައެހެން . ނިކަމެތިންނަށް ލިބިފަހުރީމަ ހިތައްކެތްނުވެގެން އަތުލާފަ އަމިއްލަޖީބަށްލީ.