އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ތިބެވޭނެގޮތަށް އެއްބަސްވުން އެކުލިބަޔަކު ވަނީ ދިވެހި ފަސްގަނޑަށް ޣައްދާރުވެފައިކަމަށް ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެގޮތަށް ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ލީކުކޮށްލާފައިވާއިރު، އެ އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެއެވެ.
އެކަމާއި ގުޅިގެން ކެޕްޓަން ރިޓަޔަރޑް އިޙްސާން ވަނީ ޤައުމާދޭތެރޭ ކަންބޮޑުވާ ހާލު އެ އެއްބަސްވުމުގެ ސޮއި ކުރި ވަރޝަން ހާމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ. އިޙްސާން ވަނީ މި އެއްބަސްވުން އެކުލަވާލީ ދިވެހި ފަސްގަނޑަށް ޣައްދާރުވެފައިވާ ބައެއްކަމަށް ސިފަކުރައްވާފަ އެވެ.
މިއަދު ފެނުނު އުތުރު ތިލަފަޅު އެގްރިމަންޓް ޑްރާފްޓްގައި ވާގޮތަށް ދިވެހިރާއްޖެ ދިފާޢީ ގޮތުން ނިކަމެތިވެ އަމިއްލަ މިނިވަންކަން ގެއްލޭގޮތަށް ސިއްރިއްޔާތުގައި އެގްރިމަންޓް ހަދައި ސޮއި ކުރުމުގެ ޙައްގު އެއްވެސް ދިވެއްސަކަށް ލިބިގެނެއް ނުވޭ. މިކަން ކުރި ބަޔަކު މިވަނީ ދިވެހި ފަސްގަނޑަށް ޣައްދާރުވެފައި.
– ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން
Qaumaa dheytherey kanboduvaa haalu, Mi agreement ge soe kuri version haama kurumah dhivehi sarukaarah govaalan.
— Ali Ihusaan (@ali_ihusaan) March 15, 2021

އިންޑިއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި އެއްބަސްވުމުގެ ނަމަކީ "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެވެ.
ކޮމެންޓު ފޮނުވާ