ފްލޯޓިން ސިޓީ މަޝްރޫޢާއެކު ބިމުގެ މައްސަަލައަށް ހައްލު ލިބޭނެ: ނަޝީދު

ފްލޯޓިން ސިޓީ މަޝްރޫޢާއެކު ބިމުގެ މައްސަަލައަށް ހައްލު ލިބޭނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 10:50
0

ފްލޯޓިން ސިޓީގެ މަޝްރޫޢުއަކީ، މޫސުމަށް އަންނަ ބަދަލާއި، ބިން މަދުވުމުގެ މައްސަލަތަކަށް ލިބިގެންދާ ބޮޑު ޙައްލެއްކަމަށާއި، މިއީ ދުނިޔޭގައި އެގޮތަށް ތަރައްްޤީކުރާ ފުރަތަމަ ސިޓީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީ ކުރުމަށް އެންމެ ފުރަމަތަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރި ޑަޗް ޑޮކްލޭންޑް ކުންފުންޏާއިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ފްލޯޓިން ސިޓީއަކީ އަލަަށް ދުނިޔޭގެ ގައުމެއްގައި ކުރާ މަސައްކަތެއް ކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ބިން ނެތުންފަދަ މައްސަލަތަކަށް ލިބިގެންދާ ބޮޑު ޙައްލެއްކަމަށާއި، ފްލޯޓިން ސިޓިގެ މަސައްކަތް ފެށުމަކީ ރާއްޖެއަށް ލިބޭ ބޮޑު ފަޚުރެއްކަމަށެވެ.

މިއީ މޫސުމަށް އަންނަ ބަދަލާއި މި ބާވަތުގެ އެކި ކަންތައްތަކާ ބިން މަދުވުމުގެ މައްސަލަ ތަކަށް ހުށަހެޅޭ ޓެކްނޮލޮޖީއެއް. މި މަސައްކަތް ފެށޭކަމީ އަޅުގަނޑުމެންގެ އެންމެންނަށް ވެސް ލިބޭ ފަޚުރެއް.

– ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ހިންގާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ބިލިއަނެއްހާ ޑޮލަރުގެ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާނެއެވެ. މިކަމައްޓަކައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ވަނީ ދީފައެވެ. މިމަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓުވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން އަޅާ ހައުސިންގް ޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކަށް ވާނެއެވެ.

ފްލޯޓިންގް ސިޓީ އަޅާއިއިރު މުޅިންވެސް ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Birubodu
ކަލޭނޭ ކަލޭނޭ ތިޔައީވޯޓްހޯދާން ޖަށްސާސްޓަންޑް ފޮނިވައުދު.މިފަހަރު ވޯޓްނުދޭތި އިނގޭތޯ