ފަތަހައިގެ ފިހާރައެއް ފަޅަލާ ވައްކަންކޮށްފި

ފަތަހައިގެ ފިހާރައެއް ފަޅަލާ ވައްކަންކޮށްފި

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 10:16
0

ފުޅާ ދާއިރާއެއްގައި މާލޭގައި ވިޔަފާރިކުރާ ފަތަހައިގެ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފިއެވެ.

ރޭ ފަޅަލާ ވައްކަންކޮށްފައިވަނީ އޯކިޑް މަގުގައި ހުންނަ "ފަތަހަ ސްޓާ" ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 9:11 ހާއިރުކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އެ ފިހާރައިން ވަގަށް ނަގާފައި ވަނީ އެ ފިހާރައިގެ ހޮޓްލައިންގެ ގޮތުގައި ބޭނުން ކުރާ ފޯނަކާއި 700 ރުފިޔާއެވެ. އަދި އިތުރަށް ވަގަސް ނަގާފައިވާ ތަކެތި ދެނެގަންނަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.

ދާދިފަހުންވެސް ބުރުޒުމަގު ފިހާރައެއް ފަޅާލާ ވައްކަން ކުރަންވަދެ ތިބިބަޔަކު ފުލުހުން ވަނީ އަތުލައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.