ޕޮލިސް އެކަޑަމީން ހިންގި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯސް ފުރިހަމަކުރި 84 ފުލުހަކު ދަސްވެނިވެއްޖެއެވެ.
ރޭ ޕޮލިސް ޓްރެއިނިންގ ސްކޫލް، ދ. ވާނީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލްއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ކޯސް އޮފިސަރާއި ކޯހުގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ކޯހުން އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް އިނާމު ބައްސަވާ ދެއްވީ ޝަރަފްވެރި މެހެމާން މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޙަސަން އިރުޝާދަށް ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އެކްސަލެންސް އެވޯޑްވެސް މިރަސްމިއްޔާތުގައި ހަވާލުކޮށްފައެވެ. އިރުޝާދަށް މި އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މިކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އިބްރާހިމް އުސްމާން އަދި އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ސްކޮޑްތަކުގެ ވަނަތަކަށް ބަލާއިރު، ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރީޝާން މުޙައްމަދު ހޮވުނުއިރު، ހާޖީ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙުސައިން ޖައިޝަމްއެވެ.

އާނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޙަސަން އިރުޝާދުއެވެ. ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ރަންވިއްކާ ސްކޮޑެވެ. އެންމެ މޮޅު ސްކޮޑަށްޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ 84 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ރޭގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ކޯހުން ފާސްވި ދަރިވަރުންގެ ރޫޓް މާޗަކުންނެވެ.
ކޮމެންޓު ފޮނުވާ