އައްޑޫގައި ހިނގި މާރާމާރިއެއްގައި މީހަކު ޒަޚަމްކޮށްލައިފި

އައްޑޫގައި ހިނގި މާރާމާރިއެއްގައި މީހަކު ޒަޚަމްކޮށްލައިފި

Author
މުޙައްމަދު ޖިމީ
15 މާރޗް 2021 12:24
0

އައްޑޫސިޓީގައި މިރޭ ހިނގި މަރާމާރީއެއްގައި މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިބުނީ، އައްޑޫ ސިޓީ ފޭދޫގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ މައްސަލަ މިރޭ 23:45 ހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މި މާރާމާރީގައި ޒަޚަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގްކުރަމުން އަންނަކަަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީ ފޭދޫގައި މިމަހުގެ 11 ވަނަ ދުވަހުވެސް މާރާމާރީއެއް ހިނގައި 7 މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އެ މާރާމާރިއާއި ގުޅިގެން 5 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.