ޤާނޫނޫ އިމުންބޭރުން ޕީޕީއެމްއާއިމެދު ހިންގާ އަމަލުތައް ހުއްޓުވަމަކީ އިލެކްޝަނަށް ލާޒިމްކަމެއް

ޤާނޫނޫ އިމުންބޭރުން ޕީޕީއެމްއާއިމެދު ހިންގާ އަމަލުތައް ހުއްޓުވަމަކީ އިލެކްޝަނަށް ލާޒިމްކަމެއް

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 07:54
0

ޕީޕީއެމް އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތައް ހުއްޓުވުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް ކަމުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ތޮލާލް ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް އިންތިޚާބަށް ތައްޔާރުވުމަށް ރައްކާތެރި މަހައުލެއް ނެތްކަމަށެވެ. ކޮންމެ ދުވަހަކު ޕީޕީއެމްގެ އޮފީސް ބަންދުކޮށް، ސަރުކާރުގެ އޯޑަރަށް ފުލުހުން ނެރެގެން ހިންގާ އަމަލުތަކަކީ ސިޔާސީ ޕާޓީއެއްގެ ބަދަލުވެރި ފަރާތުގެ ހައިސިއްޔަތުން އިލެކްޝަން ކޮމިޝަނުން ޒިންމާ އުފުލަންޖެހޭ ކަންތައްތަކެއްކަމަށް ތޮލާލް ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި ސިޔާސީ ޕާޓީއަކަށާއި، ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ އިލެކްޝަން ކޮމިޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއަކަށްވާއިރު، ކައުންސިލް އިންތިޚާބާއި ދިމާކޮށް ފެނިގެން މިދަނީ އޭގެ ދިމާ އިދިކޮޅަށް މަސައްކަތް ކުރެވޭތަން ކަމަށެވެ. ކޯވިޑް-19 އާއިއެކު މަސައްކަތް ކޮށްލަން ލިބޭ މަދު ވަގުތުތަކުގައިވެސް އޮފީސް ބަންދުކޮށް މަސައްކަތް ކުރެވޭނެ ރައްކަތެރި މާހައުލެއް ނެތުމަކީ މިކަންކަމުގައި އިލެކްޝަނުން އަވަސް ހައްލެއް ހޯދައި ދޭންޖެހޭ ކަމެއްކަމަށް ތޮލާލް ވިދާޅުވިއެވެ.

ޕީޕީއެމް އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތައް ހުއްޓުވުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް. މިކަން ހުއްޓުވައި ދެއްވައި، ހަމަހަމަ ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދެއްވާ.

– ތޮލާލް ވިދާޅުވިއެވެ.

ފުލުހުން އިދިކޮޅު ޕީޕީއެމްގެ އޮފީސް ބަންދުކޮށް އޮފީހަށް ވަދެ ނުނިކުމެވޭ ގޮސް ހަދާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވާތީކަމަށް ބުނެފައިވާއިރު، މިއަދު ސަރުކާރު ހިންގާ މައި ޕާޓީން ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ގިނަ ބަޔަކު އެއްވެ ކެމްޕެއިން ހަރަކާތެއް ހުޅުމާލޭގައި ހިންގާފައެވެ. ނަމަވެސް މި ހަރަކާތް ހުއްޓުވުމަށްވެސް އަދި ނަސޭހަތެއް ދިނުމަށްވެސް ފުލުހުން ގޮސްފައި ނުވެއެވެ.

މިކަމާއި ގުޅިގެން ތޮލާލް ވިދާޅުވީ މީގައިން ފެނިގެން ދަނީ ގައިޑްލައިނަށްވެސް ވަކި ސިޔާސީ ޕާޓީއަކަށްވުމުން އަމަލުކުރަން ނުޖެހޭކަމަށެވެ. ގައިޑްލައިން ހެދިގެން ދަނީވެސް ވަކި ސިޔާސީ ޕާޓީއަކަށް އަމާޒުކޮށް ހަރަކާތްތައް ނުހިންގޭ ގޮތަށްތޯ ތޮލާލްވަނީ ކަމާއިބެހޭ ފަރާތްތަކާއި ސުވާލު ކުރައްވާފައެވެ.

އެޗްޕީއޭގެ ގައިޑްލައިން ހެދިފައިވަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް، ވަކި ކުލައެއް ނުވަތަ ވަކި ޕާޓީއަކުން ހިންގާ ހަރަކާތް ތަކަކަށް އަމާޒުވާ ގޮތަށްތޯ؟

މި ހަރަކާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި، މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު ވެސް އުޅުއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.