ސައުދީގެ ވަފްދަކުން ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސައުދީގެ ވަފްދަކުން ރައީސް ޑރ. މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

Author
އަހުމަދު
06 ޖުލައި 2026 03:16
0

ސައުދީ އަރަބިއްޔާގެ ވަފްދަކުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާއި، ދިވެހި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައީސް އޮފީހުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހްދު މުޙައްމަދު ބިން ސަލްމާން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ސައުދީ ވަފްދުގެ ފަރާތުން ވަނީ ދިވެހި ސަރުކާރުން ކީ ހޫނު މަރުޙަބާއަށާއި އަދާކުރި ފުރިހަމަ މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.