ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާފައި ނެތް 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.
މި މަހުގެ 15 އިން 20 އަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއްގައި މިނިސްޓްރީން 34 ފިހާރައެއް ބަލައި ފާސްކުރިއެވެ. އެއިން 17 ފިހާރައެއްގައި ޤާނޫނާ އެއްގޮތަށް އަގު ޖަހާފައި ހުރިއިރު، ބާކީ 17 ފިހާރައަށް ވަނީ ޤާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގައި ނޯޓިސް ދީފައެވެ.
ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ފިހާރަތަކުގައި ވިއްކަން ބަހައްޓާ ކޮންމެ މުދަލެއްގައި އަގު ޖެހުމަކީ ލާޒިމްކަމެކެވެ. ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނެހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ ލިބެމުންދާތީ، އެފަދަ ފިހާރަތަކާމެދު ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.
ކޮމެންޓު ފޮނުވާ