އޮޑިޓް ރިޕޯޓް ހުށަނާޅަނީ އަދާލަތާއި އެމްއެންޕީން، ގަވާއިދަށް ފެތުނީ އެންމެ 4 ޕާޓީއެއް

އޮޑިޓް ރިޕޯޓް ހުށަނާޅަނީ އަދާލަތާއި އެމްއެންޕީން، ގަވާއިދަށް ފެތުނީ އެންމެ 4 ޕާޓީއެއް

Author
އަހުމަދު
06 ޖުލައި 2026 03:18
0

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަންޖެހޭ އަހަރީ އޮޑިޓް ރިޕޯޓު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު، އެ ރިޕޯޓު ހުށަނާޅަނީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮޑިޓް ރިޕޯޓު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު، މުއްދަތުގެ ތެރޭގައި ގާނޫނީ ވާޖިބު އަދާކޮށް ރިޕޯޓު ހުށަހަޅާފައިވަނީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ އިތުރުން އެމްޑީއޭ، ޖޭޕީ އަދި ޕީއެންއެފް އިންނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ރިޕޯޓު ހުށަހަޅާފައިވަނީ ސުންގަޑި ހަމަވިފަހުން، ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީތަކުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށްފަހު އީސީ އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ. އަދި އޮޑިޓަރ ޖެނެރަލް އެ ރިޕޯޓުތައް ދިރާސާކުރެއްވުމަށްފަހު، އެއް މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އީސީއަށް ރިޕޯޓެއް ފޮނުއްވަން ޖެހެއެވެ.

ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި ރިޕޯޓު ހުށަނާޅާ ޕާޓީތައް 50،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު އީސީއަށް ލިބިގެންވެއެވެ. ޖޫރިމަނާކުރާތާ މަސްދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ދެން އަންނަ އަހަރެއްގައި ދައުލަތުގެ ބަޖެޓުން އެ ޕާޓީއަކަށް ދޫކުރާ ފައިސާއިން އެ ޖޫރިމަނާގެ އަދަދު އުނިކުރަން ގަވާއިދު ލާޒިމުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.