ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތަކާ ގުޅިގެން މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
އަންގާރަ ދުވަހު ފަތިހު 4:00 ން ފެށިގެން އިސްލާމީ މަރުކަޒުގައި ޖަމާޢަތުން ފަތިސް ނަމާދު ކޮށް ނިމެންދެން އެ ސަރަހައްދުގެ މަގުތައް އުޅަނދުފަހަރަށް ބަންދުކުރާނެއެވެ. ހަމަ އެ ވަގުތުން ފެށިގެން ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތު ނިމެންދެން ޝަހީދުންގެ ބިނާއާއި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް ވެސް ބަންދުވާނެއެވެ.
ޖުމްހޫރީ މައިދާނުގައި ބާއްވާ މިލިޓަރީ ޑިސްޕްލޭއާ ގުޅިގެން، މެންދުރުފަހު 1:30 ން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން އެ ސަރަހައްދުގެ މަގުތަކާއި ފަޅާއި ކަނޑުގެ ސަރަހައްދު ވެސް ދަތުރުފަތުރަށް ބަންދުކުރާނެއެވެ. އަދި ރޭ 6:30 ން ފެށިގެން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ނިމެންދެން ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި ފަޅު ބަންދުކުރާނެއެވެ.
މި ބަދަލުތަކުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދި، އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ